ads
ޑީޖޭއޭ ހިންގާ އިމާރާތް
54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދަން އިއުލާންކޮށްފި
ރާއްޖޭގެ 54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.

ރާއްޖޭގެ 54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.

ޑިޕާޓްމަންޓް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި 54 ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދަނީ ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ގެނެސްފައިވާ ދެވަނަ އިސްލާހާ ގުޅިގެން ކަމަށެވެ. 

މިއިސްލާހުގައިވާ ގޮތުން ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރު ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމަކީ ޑީޖޭއޭގެ މަސްއޫލިޔަތެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

ޑީޖޭއޭގެ އިއުލާންގައި ބުނެފައިވަނީ 54 ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދަން އިއުލާންކުރީ ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ޑީޖޭއޭ އިން އާންމުކުރި "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުސޫލު"ގެ ދެވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ މަތިން ކަމަށެވެ. 

ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދަނީ އަތޮޅު ތެރޭގެ 53 މެޖިސްޓްރޭޓް ކޯޓަށާއި، ސިވިލް ކޯޓަށެވެ.

ޑީޖޭއޭ އިން ބުނީ ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދަން އިއުލާންކުރީ ކޯޓުތަކުގެ ދަރަޖައަށާއި، އިޚްތިޞާސަށާއި، މަސައްކަތުގެ ލޯޑަށް ބަލައިގެން ފާއިތުވި ތިން އަހަރު ހުށަހެޅުނު މައްސަލައިގެ އެވެރެޖް 50 އަށް ވުރެ އިތުރުވެފައިވާ ކޯޓުތަކަށާއި އަދި އެވްރެޖްގައި 49 ހަމަވެ، ދަތުރު ފަތުރުގެ ފަސޭހައަށް ރިއާޔަތްކޮށް ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމު އިތުރު ކުރެވިދާނެ ކަމަށް ފެންނަ ކޯޓުތަކަށެވެ. 

ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް