ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިއަދު ވީ އެއްބަސްވުމުގެ ތެރެއިން
ބޯހިޔާވަހިކަަމުގެ ބޮޑު މަޝްރޫއެއް، އައްޑޫގައި ހިންގަން ޗައިނާ އާއި ތުރުކީ ކުންފުންޏަކަށް
އައްޑޫގައި ބޯހިޔާވެހިކަމުގެ ދަތިކަން ހައްލުކުރުމަށް ކައުންސިލުން ފަށާފައިވާ މަޝްރޫއު ޗައިނާ އަދި ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
Advertisement

އައްޑޫ ސިޓީ ކައުންސިލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކުރީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާއި، ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ އެކުއެެވެ. 

ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއެކު ސޮއިކުރީ:

އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު "ސީއެންއެމް"އަށް ވިދާޅުވީ، ތުރުކީ ކުންފުންޏާ އެކު ސޮއިކުރީ އައްޑޫގައި ރެސިޑެންޝަލް ހައުސިން ޔުނިޓެއް އެޅުމަށް ކަމަށެވެ. އެމަސައްކަތުގެ ދަށުން އެ ކުންފުނީގެ ފަރާތުން އަންނަ ހަފްތާގެ ތެރޭގައި މޮޑާން ހައުސްތަކެއް ގެންނާނެ ކަމަށާއި، އެއާ އެކު އައްޑޫގައި ފަޅުވެފައިވާ ގެތައް އަލުން އިމާރާތް ކުރުމުގެ މަސައްކަތް އެތަންތަނުގެ ވެރިންނާއި ވާހަކަ ދައްކައިގެން ފެށޭނެ ކަމަށެވެ.

your imageރެސިޑެންޝަލް ހައުސިން ޔުނިޓް އެޅުމަށް ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ އެކު ވަނީ އެއްބަސްވެފައި

ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާއި ސޮއިކުރީ:

ޗައިނާގެ ބީޔޫސީއެންޖީ އާ އެކު ސޮއި ކުރީ 1000 އާއި 2000 އާ ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށެވެ. މިމަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށް ބުނަން ނޭނގުނު ނަމަވެސް އެ ކުންފުންޏާ އެކު މިއަދު ވެވުނު ފްރޭމް ވޯކް އެއްބަސްވުމުގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

your imageޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު

މޭޔަރު ނިޒާރު ވިދާޅުވީ 2000 ހައުސިން ޔުނިޓަކީވެސް މިހާރު އައްޑޫއަށް މަދު އަދަދަކަށް ވާނެ ކަމަށާއި ބޯހިޔާވަހިކަން ބޭނުންވާ ވަރަށް ގިނަ ފަރާތްތައް އެ ސިޓީގައި ދިރިއުޅެމުންދާކަމަށެވެ. ނަމަވެސް މި ހައުސިން ޔުނިޓްތަކާއިއެކު މިހާރު އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ކޮންމެެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް