ads
ވެލެންސިޔާ- އީގަލްސް ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ޕްރެޒިޑެންޓްސް ކަޕް: އީގަލްސްއާ އެއްވަރުވެ ވެލެންސިޔާވެސް ޕްރެޝަރަށް
ޕްރެޒިޑެންޓްސް ކަޕްގައި ކްލަބު އީގަލްސްއާ އެއްވަރުވެ، ފައިނަލުގެ ޖާގައެއް ހޯދުމަށް ވެެލެންސިޔާއަށްވެސް ޕްރެޝަރާ ކުރިމަތިވެއްޖެއެވެ.

ވެލެންސިޔާއާ އީގަލްސް ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު، ޓޭބަލްގެ އެއްވަނައިގަ ވެލެންސިޔާ އޮތް ނަަމަވެސް ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހު މެޗު މުހިއްމެވެ. ފަހު މެޗުގައި ވެލެންސިޔާ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. 

އަންނަ ބުދަ ދުވަހުގެ ރޭ، ވެލެންސިޔާއާ މާޒިޔާ ކުޅުމުގެ ކުރިން އެ ދުވަހު ހަވީރު ގްރީން ސްޓްރީޓްސްއާ ކްލަބު އީގަލްސް ކުޅޭ މެޗުން ގްރީން މޮޅުވެއްޖެނަމަ ގްރީން އަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ. ގްރީންވަނީ ބުރާސްފަތި ދުވަހު ހަވީރު ވަރުގަދަ މާޒިޔާ ބަލިކޮށްފައެވެ. މާޒިޔާ އަތުން ހޯދި ތިން ޕޮއިންޓާ އެކު ގްރީން އޮތީ ދެވަނައިގަ ޖުމްލަ ފަނަރަ ޕޮއިންޓް ހޯދައިގެންނެވެ. އެހެންކަމުން އީގަލްސް މެޗުން މޮޅުވެއްޖެ ނަމަ ގްރީން ފައިނަލަށް ދާނެއެވެ. އެއީ ގްރީންގެވެސް ލީގު ބުރުގެ ފަހު މެޗެވެ. 

ގްރީން މޮޅުވެއްޖެނަމަ، ވެލެންސިޔާއަށް މާޒިޔާ އަތުން ބަލިނުވެ ފަރު ޖައްސާލެވިއްޖެ ނަމަ ވެެލެންސިޔާ ފައިނަލަށް ދާނެއެވެ. ގްރީން އީގަލްސް އަތުން ބަލިވެއްޖެނަމަ ވެލެންސިޔާ މާޒިޔާ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ވެލެންސިޔާއަށް ފައިނަލުގެ ފުރުސަތެއް ނުގެއްލޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް