ads
ފޮނަދޫގައި ހިންގި އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީންގެ އިތުރުން ޑރ. މުއިއްޒުވެސް ބައިވެރިވޭ
ފުނަދޫގައި "އިންޑިއާ އައުޓް" ހަރަކާތް ބާއްވަނިކޮށް ރަށަށް އަރާފޭބުން މަނާކޮށްފި
ރައީސް ޔާމީން އިސްވެ ހުންނަވާ ފުނަދޫގައި އިންޑިއާ އައުޓް ހަރަކާތް ހިންގަވަނިކޮށް، ރަށަށް އަރާ ފޭބުން އެޗްޕީއޭއިން މަނާކޮށް އެ ހަރަކާތް ހުއްޓުވައިފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ގުރޫޕްގައި ހާމަކުރާ މޮނިޓަރިން ލިސްޓުގައި 15:25 ގައި އެރަށް ވަނީ ހިމަނާފައެވެ. 

ނަމަވެސް މިއަދު ހަވީރު 16:30ގައި ޕީޕީއެމް ކޯލިޝަނުން ވަނީ ރައީސް ޔާމީން އިސްވެ ހުންނަވާ "އިންޑިއާ އައުޓް" ހަރަކާތެއް އެރަށުގައި ހިންގާފައެވެ. 

އެކަމާއި ގުޅިގެން "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ، ކައުންސިލަށް އެކަން އަންގާފައިވަނީ އެ ހަރަކާތް ކުރިއަށް ދަނިކޮށް 5:50 ހާއިރު ކަމަށެވެ.

ފުލުހުންގެވެސް އެއްބާރުލުމާއިއެކު ސުލުހަވެރިކޮށް ހިންގި އެ ހަރަކާތް ކުރުކޮށްލުމަށް ފުލުހުން ހަރަކާތުގެ ބައިވެރިންނަށް އެވަގުތު އެންގުމުން ހަމަ އެވަގުތު ހަރަކާތް ހުއްޓާލާފައިވާ ކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް މޮނިޓަރިންއަށް ލާފައިވާކަން އަންގާ ކައުންސިލަށް އެޗްޕީއޭއިން ރަސްމީކޮށް އަންގާ ފޮނުވާ ލިއުން އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

your imageްިފޮނަދޫގައި ހިންގި ހަރަކާތް މިހާރު ވަނީ ނިންމާލާފައި

ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެންނަ ރަށްރަށަށް އެރަށެއް މޮނިޓަރިންއަށް ލާ ވަގުތުން ފެށިގެން އަރާ ފޭބުން މަނާވާނެއެވެ. 

ފުނަދޫ މޮނިޓަރިންއަށް ލާފައިވާއިރު މިދުވަސްވަރަކީ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސިޔާސީ ޕާޓީތަކުން އެ ދާއިރާގެ ތިން ރަށަށް ދަތުރުކޮށް ކެމްޕެއިން ކުރަމުންދާ ދުވަސްވަރެކެވެ. އޭގެތެރޭގައި ފުނަދޫވެސް ހިމެނެއެވެ. 

ބައި އިލެކްޝަނަށް ކެމްޕެއިން ކުރުމަށް އެމްއެންޕީ އަދި އެމްޑީޕީގެ އިތުރުން ޕީޕީއެމްއިންވެސް ވަނީ އެެރަށަށް ގޮސް ކެމްޕެއިން ކޮށްފައެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު "ސީއެންއެމް" އަށް ވިދާޅުވީ، ފުނަދޫ ބަންދުކޮށްފައި ވަނީ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އެރަށުން ފެނުނު ކޭހަށްފަހު، ރެޔާ ހަމައަށް 14 ފުލޫ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ.  

އަދި މިވަގުތު ކޮންޓެކް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަވެސް ޒުމްރަތު ވަނީ ވިދާޅުވެފައެވެ. ފުނަދޫ ހިމެނޭ ހެން މިވަގުތު ރާއްޖޭގެ 12 ރަށެއް މޮނީޓަރިންގެ ހާލަތުގައި ވާކަން ފާހަގަ ކޮށްލެވެއެވެ. 

މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ރައްތަށް:

  1. ކ. ތުލުސްދޫ
  2. ހދ. ނައިވާދޫ
  3. ދ. ހުޅުދެލި
  4. ކ. މާފުށި
  5. ހއ. އިހަވަންދޫ
  6. ހދ. ނެއްލައިދޫ
  7. ލ. ފޮނަދޫ
  8. ހދ. ނޮޅިވަރަމްފަރު
  9. ށ. ފުނަދޫ
  10. ބ. ދަރަވަންދޫ
  11. ދ. ބަނޑިދޫ
  12. ލ. ގަން

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން ބައްޔަށް 816 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް