ads
އާމިރު ހާނާއި ސަލްމާން ހާން
އާމިރު ބުނަނީ ސަލްމާނަކީ ރުންކުރު މިޒާޖެއްގެ މީހެއްކަމަށް
ބޮލީވުޑްގައި އެންމެ އުހުގައި ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ހާނާއި އާމިރު ހާނަކީ އެމީހުންގެ މަޝްހޫރު ކަމުގެ އިތުރުން ރަހުމަތްތެރިކަމުގަ ވެސް ފާހަގަ ކޮށްލެވޭ ދެ އެކްޓަރުންނެވެ.

ނަމަވެސް 1994 ވަނަ އަހަރު މި ދެ ފަންނާނުން އެކުގައި ކުޅުނު ކޮމެޑީ ފިލުމު ''އަންދާޒް އަޕްނާ އަޕްނާ'' އަށް ފަހު ދެ މީހުން އެކުގައި ފިލުމެއް ކުޅެފައެއް ނުވެެެއެވެ.

''އަންދާޒް އަޕްނާ އަޕްނާ'' ގެ ސެޓުގައި މި ދެ އެކްޓަރުން އެކަކު އަނެކަކާއި ނުގުޅޭ ކަމަށް ވެސް ހަބަރުތައް ފެތުރިފައިވެއެވެ.

އާމިރު 2013 ވަނަ އަހަރު ބައިވެރިވި ކޮފީ ވިތު ކަރަންގެ އެޕިސޯޑުގައި ބުނެފައިވަނީ ސަލްމާނަކީ ރުންކުރު މީހެއް ކަމަށާއި އެހެން މީހުންގެ އިހުސާސްތައް ދަންނަ މީހެއް ނޫން ކަމަށެވެ. ސަލްމާނާއި އެކު މަސައްކަތް ކުރުމަށް ފަހު ދެން އޭނާ އާ އެކު މަސައްކަތް ނުކުރުމަށް ނިންމި ކަމަށް ވެސް އާމިރު ބުނެފައިވެއެވެ.

ދެމީހުންގެ ގުޅުން ހީނަރުވެފައި ވަނިކޮށް 2002 ވަނަ އަހަރު އާމިރުގެ ފުރަތަމަ ކައިވެނި ރޫޅި، އޭނާގެ އެންމެ ހިތްދަތި ދުވަސްތަކުގައި ސަލްމާން ވެދިން އެހީތެރިކަމުން އަނެއްކާ ވެސް ދެ މީހުންގެ ރަހުމަތްތެރިކަން ވަނީ ފެށިފައެވެ. އެއަށް ފަހު ދެމީހުންގެ ރަހުމަތްތެރިކަން އިތުރަށް ވަރުގަދަ ވަމުން އައި ކަމަށް އާމިރު ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް