ads
ކޮމަންޑޫގެ ފުޓްބޯޅަދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވި ރަސްމިއްޔާތުކައި މިނިސްޓަރު މަހުލޫފު ވާހަކަ ދައްކަވަނީ: ފޮޓޯ އެމްޓީސީސީ
ކޮމަންޑޫ ފުޓްބޯޅަދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހް ކޮށްފި
ށ. ކޮމަންޑޫގެ ފުޓްބޯޅަދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހް ކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެކަމަށް ހާއްސަކޮށް ކޮމަންޑޫގައި އިއްުޔެ ބޭއްވި ރަސްމިއްޔާތުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

your imageކޮމަންޑޫ ފުޓްބޯޅަދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވުން: ފޮޓޯ އެމްޓީސީސީ 

މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއާއި ޔޫތް މިނިސްޓްރީއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޖުތަމައުގެ ކަންކަން ހިއްސާކުރުމުގެ ރޫހަކީ އެމްޓީސީސީ އުފެދުނީއްސުރެ އެ ކުންފުނީގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. އެ ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން ވަނީ އިޖްތިމާއީ ޒިންމާ އަދާކޮށްދީފައެވެ.

އެމްޓީސީސީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންގޮސްފައިވާ އެހެނިހެން މަޝްރޫއުތަކެކޭ އެއްފަދައިން މި މަޝްރޫއުވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް