ads
ތައިމޫރް ޕަޕަރާޒީންއާއި ދިމާލަށް އޭނާ ކުޅެން ގެންގުޅޭ ބަޑި ދިއްކޮށްގެން
ބޭރަށް ނިކުމެލާއިރަށް އަބަދު ފޮޓޯ ނަގާތީ ތައިމޫރް ދިއްކުރީ ބަޑި
މަޝްހޫރް ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކަރީނާ ކަޕޫރް ހާން އަދި ސައިޕް އަލީ ހާންގެ ފުރަތަމަ ދަރިފުޅު ތައިމޫރްްއަކީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ކުއްޖެކެވެ.

އުފަންވީންސުރެ މީޑިއާގެ ކަޅި ހުއްޓިފައިވާ ބޮލީވުޑްގެ އެންމެ މަޝްހޫރް ސްޓާ ކިޑަކީ ތައިމޫރު އެވެ.

ތައިމޫރުގެ މަންމަ އާއި ބައްޕަގެ ފޭން ބޭސްގެ ގިނަ މީހުންނަކީ މިހާރު ތައިމޫރްގެ ވެސް ފޭނުންނެވެ. އޭނާގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ ނަމަ އެ ފޮޓޯއަކަށް ނުވަތަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓެ އެވެ. 

އަބަދުވެސް ޕަޕަރާޒީންގެ ކެމެރާތައް އޭނާއަށް އަމާޒުވާތީ ހިތްހަމަ ނުޖެހިގެން ބައެއް ފަހަރު މީގެ ކުރިން ވެސް އޭނާ ޕަޕަރާޒީންއާއި ދިމާލަށް އެއްޗެހިކިޔާ އެކަން މަނާކޮށްފަ ވެސް ވެއެވެ. ނަމަވެސް ޕަޕަރާޒީން އެކަމަށް ސަމާލުކަން ދޭހެނެއް ހިޔެއް ނުވެއެވެ.

މިފަހުން މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ވެސް ފެންނަނީ ކުޑަަކުޑަ ތައިމޫރު އޭނާގެ ބޮޑުދައިތަ ކަރިޝްމާ ކަޕޫރްމެން ގެއަށް ދިޔަ ވަގުތު ކާރުން ފައިބަނިކޮށް ފަޕަރާޒީން ފޮޓޯ ނަގާ މަންޒަރެވެ. 

ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން ތައިމޫރު ވަނީ އޭނާގެ އަތުގަައި އޮތް ކުޅޭ ކުޅޭ ބަޑި ނަގާ އެމީހުންނާއި ދިމާލަށް ދިއްކޮށްފައެވެ. 

ބޭރުގެ ހަބަރުތައް ބުނާގޮތުން އެބަޑީގައި ބޭނުންކުރާ ކުޅޭ ކުޅޭ ވަޒަން ވެސް ތައިމޫރު ވަނީ ބޭނުންކޮށްފައެވެ. އަދި ސީދާ ޓޯއީ ބްލެޓް ޕަޕަރާޒީން އާ ދިމާލަށް އަމާޒުކޮށް ޖެހިކަމަށް ވެސް ވެއެވެ. 

your imageތައިމޫރު ވަނީ އޭނާގެ ޓޯއީ ބްލެޓުން ޕަޕަރާޒީންއާއި ދިމާލަށް ބަޑި ޖަހާފަ——

މީގެ ކުރިން ވެސް ތައިމޫރު ވަނީ އޭނާގެ ފޮޓޯ ނެގުން އެކި ފަހަރުމަތިން މަނާކޮށްފައެވެ. އެގޮތުން އެއްފަހަރެއްގައި ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމާއެކު ކުޑަކުޑަ ތައިމޫރު ވަނީ ފޮޓޯ ނެގުން ހުއްދަ ނޫން ކަމަށް ބުނެ ހަޅޭލަވަން ފަށާފަ އެވެ. އަދި ހަޅޭލަވަމުން ކަރީނާގެ އަތް ފޮޅުވާލާ ޕަޕަރާޒީންނާ ދިމާލަށް އެފަހަރު ދުއްވައި ވެސް ގަތެވެ.

your imageތައިމޫރް އާއި ކަރީނާ--

އެހެން ނަމަވެސް ކަރީނާ ވަނީ އެފަހަރު ތައިމޫރުގެ އަތުގައި ހިފައިގެން އޭނާ އެތަނުން ގެންގޮސްފަ އެވެ. އަދި އެކަމަށް ވަކި އެއްޗެއް އޭނާ ނުވެސް ބުނެ އެވެ. 

މީގެ ކުރިން ވެސް ތައިމޫރު ވަނީ އޭނާގެ ފޮޓޯ ޕަޕަރާޒީން ނަގަން ފެށުމާއިއެކު "ނޯ ފޮޓޯ" މިގޮތަށް ބުނެ ޕޮޓޯ ނެގުން މަނާކޮށްފަ އެވެ. 

ކަރީނާ އާއި ސައިފަށް މިހާރު ވަނީ އިތުރު ކުއްޖަކު ވެސް ލިބިފަ އެވެ. ޖެހް އަށް ވެސް މީޑިއާގެ ސަމާލުކަން ދަނީ ވަރަށް ބޮޑަށް ލިބެމުންނެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް