އަޖޭ ބާލް ޑައިރެކްޓުކުރާ "ދަ ލޭޑީކިލާ" ވާނީ އަރުޖުން އާ އެކު ބޫމީ ކުޅޭ ފުރަތަމަ ފިލްމަށެވެ.
އޭނާ އެ ފިލްމު ކުޅެން ސޮއިކުރީ ވެސް އެ ފިލްމު ކުޅޭނީ ބޫމީ ކަމަށް މީޑިއާތަކުގައި ވާހަކަދެކެވިފައި ވަނިކޮށެވެ.
"ދަ ލޭޑީކިލާ" އަށް މި ދެތަރިން ހަމަޖެއްސި ނަމަވެސް ފިލްމާއި ބެހޭ މާގިނަ ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ ބީއޭ ޕާސް" އާއި "ސެކްޝަން 375" ފަދަ ހިތްގައިމު ފިލްމުތައް ހަދާ ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޑައިރެކްޓަރެކެވެ.
"ދަ ލޭޑީކިލާ" ގެ ޕޭޕާ ވޯކްސްގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށް ހަބަރުތައް ބުނެއެވެ.