ads
ގައްދޫ--
ގައްދޫ އާއެކު މިހާރު މޮނިޓަރިންގައި އިތުރު 12 ރަށް
ކޮވިޑް-19 ގެ ކޭސްއެއް ފެނިގެން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ގދ. ގައްދޫ އާއެކު ޖުމްލަ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު 13 އަށް އަރައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހުވެސް ޖުމްލަ ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައިކަން ފާހަގަ ކުރެވެއެވެ. އެއީ ލ. ގަން، ދ. ބަނޑިދޫ، ބ. ދަރަވަންދޫ އަދި ށ. ފުނަދޫ އެވެ.

މީގެ އިތުރުން މި މަހުގެ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހު ތިން ރަށަކަށް އަރާ ފޭބުން މަނާކޮށް ބަންދުކޮށްފައިވެއެވެ. އެއީ ހދ. ނެއްލައިދޫ، ހދ. ނޮޅިވަރަމްފަރު އަދި ލ.ފޮނަދޫ އެވެ.

މީގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ކ. ތުލުސްދޫ، ހދ. ނާވައިދޫ، ދ. ހުޅުދެލީގެ އިތުރުން ކ. މާފުށި އަދި ހއ. އިހަވަންދޫ އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު އަތޮޅުތަކުން ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން މިދުވަސްކޮޅު އަންނަނީ ގިނަ ވަމުންނެވެ. ވޭތުވެ ދިޔަ 24 ގަޑި އިރު ތެރޭ ޖުމްލަ 954 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 326  މީހުން ޕޮޒިޓިވްވީ ރަށްތަކުންނެވެ.

ކޮވިޑްގެ ބަލިމަޑުކަން އަނެއްކާވެސް ގޯސްވުމާއެކު އެޗްޕީއޭ އިން ވެސް މިވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން މާލެއިން ރަށަށް ދަތުރުކުރާނަމަ 72 ގަޑި އިރު ނުވާ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ. އެއާއެކު ޕީސީއާރު ހަދަން މީހުންތައް ކިއު ޖެހެން ފެށިކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަ ނުކުރާނަމަ ކުރިއެކޭ އެއްގޮތަށް 10 ދުވަހުގެ ހޯމް ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ ކަމަށްވެސް އެޗްޕީއޭއިން ދާދި ފަހުން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް