ads
ފޮޓޯ: އޭސީސީ
ރިކަވަރީ ކޮމިޝަނުން ނަތީޖާ ނުނެރެވޭތީ އޭޑީއެމުން ފާޑު ކިޔައިފި
ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކުގެ ފައިދާ ލިބުނު މީހުންގެ ގޮތުގައި 281 މީހަކު ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައި ވީނަމަވެސް މިހާތަނަށް އޭގައި ހިމެނޭ 63 އިންސައްތަ މީހުންގެ ތަހުގީގު ފެށިފައި ނުވުމަކީ ވަރަށް ބޮޑަށް ކަން ބޮޢުވާން ޖެހޭ ކަމެއް ކަމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް(އޭޑީއެމް) އިން ބުނެފި އެވެ.

އޭޑީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަންގެ ފައިދާވި މީހުންގެ 281 މީހުންގެ ލިސްޓު މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މަޖިލީހުން އާންމުކުރި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ބޮޑު ބައެއްގެ މައްސަލަ ތަހުގީގު ކުރަން ފެށިފައިނުވާއިރު އެސެޓް ރިކަވަރީ ކޮމިޝަން އުފެދުނީންސުރެ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 9.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. 

އަދި ދައުވާ ކޮށްދޭން އެދި މިހާތަނަށް އެއްވެސް މީހެއްގެ މައްސަލަ ފޮނުވާފައި ނުވާކަމަށް ސަރުކާރުގެ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެފައިވާ ކަމަށް ވެސް އޭޑީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޑީއެމް އިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މެންބަރަކު ނެތި އެންމެ ދުވަހެއްވެސް ހޭދަވެގެން ނުވާނެ ކަމަށާއި އޭސީސީގެ ގާނޫނު ހުސްކަމެއްގެ ތެރޭގައި އޮތުމަކީ ދިވެހި ދައުލަތެއް އޮވެ، ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަައެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، އޭސީސީއަށް ވަގުތީ މެމްބަރުން އައްޔަންކޮށްގެން ނަމަވެސް މެމްބަރުން އައްޔަންކުރާ އިޖްރާއަތު އިސްލާހުކޮށްގެން ނަމަވެސް އެ މުއައްސަސާގެ ވާޖިބުތައް މެދުކެނޑުމެއް ނެތި އަދާކުރެވެން ޖެހޭނެ ކަމަށެވެ.

ޑިމޮކްރެޓިކް ވެރިކަމެއް ހިންގާ ދައުލަތެއްގައި، ސަރުކާރަކުން ހޭދަކުރާ ފައިސާ އަކީ ރައްޔިތުން ސަރުކާރާ ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށާއި ސަރުކާރުން އެ ފައިސާގެ ބޭނުން ކުރަންޖެހޭނީ ގާނޫނުތަކާއި އެއްގޮތް ވާގޮތުގެ މަތިން ރައްކާތެރިކަމާއެކުގައި ކަމަށް އެބަޔާނުގައި ވެއެވެ. 

އެހެން ނަމަވެސް މިހާރު އޭސީސީ ނެތް ކަމަށާއި އެ ކޮމިޝަންގެ ގާނޫނީ ވާޖިބުތައް އަދާކުރާނެ ފަރާތެއް ނެތްކަމަށްވާނަމަ އެއީ އޭޑީއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭސީސީގައި މެންބަރުންގެ ގޮތުގައި އެއްވެސް މީހަކު ނެތިސް ހުޅުމާލެއިން 60 ބިން ވިއްކާލަން ނިންމި ނިންމުމަކީ އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަދި ރާއްޖޭގައި ކޮރަޕްޝަން ފެތުރި ފުޅާވެފައިވާ ދަނޑިވަޅެއްގައި އޭސީސީގެ މަސައްކަތްތައް ހުއްޓޭފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް ހުޅުމާލޭގެ ބިން ވިއްކުމަކީ ރައްޔިތުންގެ އަގުބޮޑު މުދަލަކުން ކޮރަޕްޝަން ހިންގުމަށް ހުޅުވާލެވޭނެ ފުރުސަތެއްކަމުގައި ބެލެވޭނެ ޖާގަ އެބައޮތް ކަމަށް އޭޑީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް