ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 1209 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
އޭގެތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ރަށްތަކުން 408 މީހަކާއި، މާލެ ސަރަހައްދުން 575 މީހުންގެ އިތުރުން ރިސޯޓުތަކުން 155 މީހެކެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 5061 ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 5975 ގައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 26 ގައެވެ.
ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 103581ގައި އުޅޭއިރު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 97328ގައެވެ.
ރާއްޖެއިން މިހާތަނަށް 265 މީހުން ކޮވިޑް ބަލީގަވަނީ މަރުވެފައެވެ.