ads
ހިޔާ ފްލެޓް ތަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަނީ: ފޮޓޯ/ސްޓެލްކޯ
ކޭބަލް އަށް ގެއްލުންވެ ހިޔާ ފްލެޓްގެ ބައެއް ޓަވަރު ތަކުން ކަރަންޓު ކެނޑިއްޖެ
ފްލެޓް ތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް އަކަށް ގެއްލުންވުމުގެ ސަބަބުން ހިޔާ ފްލެޓް ތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ، އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން މަގު ކޮނުމުގެ ތެރޭގައި ކޭބަލް އަށް ލިބުނު ގެއްލުމުގެ ސަބަބުން ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައި ވާކަމަށެވެ. އަދި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. 

"މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް." ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ. 

މިކަމުގެ ސަބަބުން ކަރަންޓު ކެނޑުނު ފްލެޓް ތަކުން ސީއެންއެމް އަށް މައުލުމާތު ދިން ފަރާތަކުން ބުނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ އުނދަގޫތަކެއް ވަމުން އަންނަ ކަމަށާއި، އެންމެ ބޮޑު އުނދަގުލަކަށް ވެފައި ވަނީ، ލިފްޓު ހުއްޓުމުން ކަމަށެވެ. އަދި މަތީ ފްލޯ ތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި އުނދަގޫ އިތުރު ވާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް