ads
ސެޓެލައިޓް ސްކޫލުގައި ކިޔަވަނީ ފޮޓޯ ސޯޝަލް މީޑިއާ
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާހް ކޮށްފި
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ސްކޫލް މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ސެޓެލައިޓް ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު މިއަދުވަނީ ބ ފެހެންދޫ ސްކޫލާއި، ހުރަވީ ސްކޫލްގައި އޮންލައިންކޮށް ބާއްވާފައެވެ. ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. 

ސެޓެލައިޓް ސްކޫލް މިއަދު އިފްތިތާހް ކުރެވުނު އިރު ފެހެންދޫ ސްކޫލުގައި 27 ދަރިވަރުން ، ވ ތިނަދޫގައި 6 ދަރިވަރުން އަދި ވ ރަކީދޫގައި އެއްދަރިވަރަކު ކިޔަވާނެއެވެ.

މި ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު  ފަށާފައިވަނީ ނައިބްރައީސް ހުރަވީ ސްކޫލްގައި އަދި އެޑިއުކޭޝަން މިނިސްޓްރު ފެހެންދޫ ސްކޫލްގައި ހުންނަވައިގެންނެވެ. 

ސެޓެލައިޓް ސްކޫލަކީ އެކި ސަރަހައްދުތަކުގައި އުޅޭ އެއްގްރޭޑެއްގެ ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމަށް ދުނިޔޭގައި ބޭނުން ކުރާ އުސޫލެކެވެ. 

މިއަދު މި ފެށުނު ސްކޫލް ޕްރޮގްރާމްގެ ތެރެއިން ފެހެންދޫ ސްކޫލާއި، ތިނަދޫ ސްކޫލާއި ރަކީދޫ ސްކޫލަށް ކިޔަވައިދޭ މަރުކަޒަކީ ހުރަވީ ސްކޫލެވެ. ހުރަވީ ސްކޫލުގެ ޓީޗަރުން ކިޔަވައިދެމުން ދާއިރު އެހެން ސްކޫލުތަކުގައި ދަރިވަރުންނަށޤ އެހީތެރިވެދިނުމަށްޓަކައި އެސްކޫލްތަކުގައިވެސް ޓީޗަރުން ތިއްބަވާނެއެވެ.

ތިންސްކޫލް ވެސް މީގެ އަހަރުތަކެއް ކުރިން ބައްދުކޮށްފައިވަނީ އެރަށްރަށުގައި އާބާދީ މަދުވުމުގެ ސަބަބުންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް