ads
އަނިޔާވި މީހާ--- ފޮޓޯ: އަދުހަމް/ޓްވީޓާ
މަސްވެރިއެއްގެ ކަރަށް ތޮޅިއެއް ހެރިގެން ފަރުވާ ދެނީ
އެން ހިފަން މޫދަށް ފޭބި މަސްވެރިއެއްގެ ކަރަށް ތޮޅިއެއް ހެރިގެން ފަރުވާދެން ފަށައިފި އެވެ.

މި ހާދިސާ އަނިޔާވީ ވ. އަތޮޅުން އެން ހިފަން މޫދަށް ފައިބައިގެން އުޅުނު ލ. ގަން "ނިއުމަތް" ދޯނީގެ މަސްވެރިއަކަށެވެ. 

ކަރަށް ތޮޅިއެއް ހެރި އެމަޖެންސީގައި މާލެ ގެނެސް އެމީހާއަށް ފަރުވާދޭން ފަށާފައިވާއިރު އެމީހާގެ ކަރުން މިހާރު ވަނީ ތޮޅި ނައްޓާލާފަ އެވެ. 

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ފަތިހު 5.00 ޖެހިއިރު އެވެ. ނަމަވެސް ވ. އަތޮޅުގައި ސީ އެމްބިއުލެންސް އެއް ނެތުމުން، އަނިޔާ ލިބުނު މީހާ މާލެ ގެނެވުނީ ވ. ފުލިދޫ ހެލްތް ފޯސްޓްގައި ބޭއްވުމަށްފަހު، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިއަދު މެންދުރު 12:00 ޖެހި ފަހުންނެވެ. 

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް