ads
މަސްމާރުކޭޓު ސަރަހައްދުގައި އަޅާފައިވާ ބޯޓުތަކެއް
މަސް އެކްސްޕޯޓުން ލިބުނު އާމްދަނީ 43 ޕަސަންޓު އިތުރުވެއްޖެ
މަސް އެކްސްޕޯޓުން ލިބުނު އާމްދަނީ 43 ޕަސަންޓު އިތުރުވެއްޖެއެވެ.
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 43 ޕަސަންޓު އިތުރުވެފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް މަސް އެކްސްޕޯޓްކޮށްގެން ހޯދާފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހޯދިފައިވަނީ 52 މިލިޔަން ޑޮލަރެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. އަދި މި އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.

މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ ތަފްސީލުތަކަށް ބަލާއިރު، ޖެނުވަރީގައި 8.6 މިލިޔަން ޑޮލަރު، ފެބްރުއަރީގައި 13.3 މިލިޔަން ޑޮލަރު، މާރިޗުގައި 12.4 މިލިޔަން ޑޮލަރު، އެޕްރީލްގައި 18.2 މިލިޔަން ޑޮލަރު، މެއިގައި 11.2 މިލިޔަން ޑޮލަރު އަދި ޖޫން މަހު 10.8 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އެމްއެމްއޭއިން ބުންޏެވެ. މި ކުރިއެރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް