ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް-
ޚިޔާލީ ވާހަކަ: ޒީރޯ ޓޮލަރެންސް!
ކޮރަޕްޝަންގެ މައްސަލައިގައި މި ސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް" އެވެ. ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ރިޕޯޓް ކުރުމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚާއްސަ އޮންލައިން ޕޯޓަލެއްވެސް ގާއިމުކޮށްފައިވެއެވެ. އެހެންނަމަވެސް ހަގީގަތުގައި ޒީރޯ ޓޮލަރެންސްއަކީ މިއަދު ޚިޔާލީ ވާހަކައެކެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމަށް ފަހު، ގަލޮޅު ދަނޑުގައި ތިބި އެތައް ހާސް ރައްޔިތުންނަކާއި، އަދި ޓީވީތަކުން ބަލަމުން ގެންދިޔަ އެތައް ހާސް ދިވެހި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދެއްވެވަޑައިގެންނެވެ. އެދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޝަޤާފަތް ނައްތާލުން ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން، ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ގާނޫނީ ރައްކާތެރިކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަށަވަރުކޮށްދޭނަން. ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާ ކަމަކާ ގުޅިގެން، ޝަކުވާއެއް އުފުލުމަށް ބޭނުންވާ ކޮންމެ ރައްޔިތަކަށްމެ، އެ މަގު ފަހިވެގެންދާނެ. ޤާނޫނުއަސާސީއާއި، ދިވެހިރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅުގަނޑު އަޅަން ފަސްޖެހޭނޭ ފިޔަވަޅެއް ނޯންނާނެ.

ރައީސްގެ ވާހަކަފުޅު ކިތައްމެ ފަށުއިވިޔަސް، މާދަމާ އަލިވިލޭނީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ކެބިނެޓުގެ ވަޒީރެއް ކޮރަޕްޝަނުގެ މައްސަލައިގައި ކޯޓަށް ހާޒިރުކުރާ ދުވަހުގެ ގޮތުގައެވެ. ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު މިއަދުވެސް އެ އިންނެވީ ކެބިނެޓުގައެވެ. މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ ދިވެހި ތާރީހު ދުށް އެންމެ ބޮޑު ވައްކަންކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައެވެ. 

މާދަމާ ކްރިމިނަލް ކޯޓުގައި ފެށޭ ޝަރީޢަތަކީ، ކުޅިވަރު ވަޒީރު މަހްލޫފު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނަވައިގެން، ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބު އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ. މާދަމާއަކީ އެމްޑީޕީ ސަރުކާރުގެ ލަދުވެތި ދުވަހެކެވެ. ލަދުވެތިކަން ބޮޑުވަނީ، އެމްޑީޕީގެ ބޮޑު މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް މިއަދު ވުޖޫދުގައި ނެތުމުންނެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް