އެ ބޭންކުން މިކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން 53 ކުންފުންޏަކަށް ހަވާލުކުރި މަޝްރޫއުތަކަށް ލޯނު ދެނީ އުސޫލުތަކާއި ހިލާފަށް ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް މިްަދު ނެެރުނު ބަޔާނެއްގައެވެ.
ބީއެމްއެލްއިން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އެކި ދާއިރާތަކަށް ސެޕްޓެމްބަރުގެ ނިޔަލަށް ދޫކޮށްފައިވާ ލޯން
• ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
• އަމިއްލަ ފަރުދުންނަށްް– 5.34 ބިލިއަން ރުފިޔާ
• އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށްް– 5.09 ބިލިއަންްރުފިޔާ
• ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށްް – 2.40 ބިލިއަން ރުފިޔާ
• ވިޔަފާރިތަކަށްް– 1.04 ބިލިއަންްރުފިޔާ
• އެހެނިހެންް ދާއިރާތައްް– 1.11 ބިލިއަން ރުފިޔާ
މި އަދަދުތަކުން ހާމަވަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކް ތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުން އަންނަކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަނޑުތައްވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާކަމަށް ބޭންކުން ބުނެއެވެ. އަދި ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާ ކަމަށް ބޭންކުން ބުނެއެވެ. އަދި ލޯނު ދޭނީ އަންޑަ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
ބީއެމްއެލް އިން ބުނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ.