ads
ބެސްޓް ފުރެންޑް
ބެސްޓް ފުރެންޑަށް އިތުބާރު ކުރެވޭތަ؟
ކޮންމެ މީހެއްގެ ވެސް ބެސްޓް ފްރެންޑް އެއް ހުންނާނެ އެވެ. އޭނާއަށް ތިމާގެ ހުރިހާ ކަމެއް ކިޔައިދޭނެ އެވެ. ސުވާލަކީ އެ ހުރިހާ ވަހަކައެއް ބެސްޓް ފްރެންޑަށް ކިޔައިދެނީ ކިހާ އިތުބާރެއް އޮވެގެންތޯ އެވެ.
Advertisement

ކޮންމެ މީހަކު ވެސް އެމީހެއްގެ ވާހަކަތަށް ހިިއްސާކޮށް ކަންކަމާ މަސްވަރާ ކުރުމަށް އިތުބާރު ކުރެވޭ މީހަކު ދިރިއުޅުމުގައި ބޭނުންވެ އެވެ. އެގޮތުން ބައެއް މީހުން މަންމަ ނުވަތަ ބައްޕަ، މާމަ ބޭބެ ނޫނީ އާއިލާ މީހެއްް ނޫނީ ސުކޫލް ދައުރުގެ ރައްޓެއްސެއް ބެސްޓް ފުރެންޑް ގެ ގޮތުގައި ބަހައްޓަ އެވެ. އެހެން މީހުން ކައިރީ ދައްކަން ޖެހިލުންވާ ވާހަކަ ފަސޭހަކަމާއެކު އެމީހެއްގެ ބެސްޓް ފުރެންޑް ކައިރީ ބުނެލެއެވެ. 

ސުވާލަކީ ބެސްޓް ފުރެންޑް ކައިރީ ކޮންމެ ކޮންމެ ވާހަކައެއް ކިޔާދިނުން މުހިންމު ހެއްޔެވެ. އަދި އާއިލީ ނޫނީ އެނޫން ވެސް ވާހަކަތައް ކޮންމެ ހެން ހިއްސާ ކުރަން ޖެހޭ ހެއްޔެވެ. ބުނަން މިއުޅެނީ އެހާވެސް އިތުބާރު ތި ގެންގުޅޭ ބެސްޓް ފުރެންޑަށް ކުރެވޭހެއްޔެވެ. މިހެން މި ބުނަނީ ގިނަ ފަހަރު ބެސްޓް ފުރެންޑް ވެސް އޮއްނަނީ ދޯކާ ދީފައެވެ.

އެކި ފަހަރު އެކި ކަންކަމުގައެވެ. މިސާލަކަށް ލޯބިވެރިޔާ ޖަހައިގަތުމާއި ލިބެން އުޅޭ ކާމިޔާބީއަކަށް ހުރަސްއެޅުމާއި ނުވަތަ އެނޫން ވެސް މީހައަށް ފައިދާއެއް ނުވަތަ މޮޅެއް ލިބެން އޮންނަ ކަންކަމުގައި ބެސްޓް ފްރެންޑް ވެސް ދޯކާދީފައިވާކަމަށް ބުނާތީ އެވެ. ގިނަ ފަހަރަށް އެކީގައި އުޅުމަށް ފަހު ފަސް އެނބުރި ދިއުމުން  "ވަޅި ޖަހާ" ފަހަރު އަންނާތީ އެވެ. މިވެސް ފެނިފައި ހުރި މަންޒަރެވެ. އިސްވެދިޔަ ކަންކަމަކީ ވެސް މި މުޖްތަމައުގައި ވެސް ހިނގާފައި ހުރި ކަންކަމެއެވެ. 

ރަނގަޅު އަހުލާގު ރަނގަޅު ހެޔޮލަފައި ރަހުމެތްތެރިއެއް ލިބޭނީ މަދު މީހަކަށެވެ. ނަމާދަށް ކަމޭހިތާ، ހެޔޮ ކަންކަމަށް ކުރުމަށް ނަސޭހަތް ދީ ނުބައިކަން ކުރުމުން ދުރުވުމަށް އިރުސާދު ދޭ މީހެއް ލިބިއްޖެނަމަ ވަރަށް ވެސް އުފާވެރި އެވެ. ރަހުމެތްތެރިއެއް އިހުތިޔާރު ކުރާއިރު އެއީ ކޮން ކަހަލަ މީހެއްތޯ ބެލުން ވަރަށް މުހިންމެއެވެ. ކިތަންމެ ގާތް މީހަކަށް ވިިއަސް ދިރިއުޅުމުގެ ބައެއް ވާހަކަތަކަކީ ސިއްރު ގޮތުގައި ބެހެއްޓުން މުހިންމު ވާހަކަތަކެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް