ads
ފޮނަދޫގައި ހިންގި އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީންގެ އިތުރުން ޑރ. މުއިއްޒުވެސް ބައިވެރިވޭ
"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވުމަށް ރައީސް ޔާމީން ދުވާފަރަށް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރ. ދުވާފަރުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ރައީސް ޔާމިން ބައިވެރިވެވަޑައި ގަތުމަށް މާދަމާ އެރަށަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
Advertisement

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މި ހަރަކާތަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރިއަށް ގެންދާ ގައުމީ ހަރަކާތެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި މި ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތައްމެ ޕްރެޝަރެއް ކުރިއަސް އެކަން ހުއްޓާނުލާނެ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. 

މަދަމާ ރައީސް ޔާމީން ދުވާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު އެރަށުގައި މިހާރުވެސް ގެންދަނީ އެ ހަރަކާތާއި ގުޅިގެން ބައެއް އިންތިޒާމްތައް ވެސް ހަމަޖައްސާފައެވެ. އެގޮތުން އެރަށުގެ ބައެެއް ފާރުތަކުގައި ވެސް ވަނީ "އިންޑިއާ އައުޓް" ލިޔެފައެވެ. 

އެ ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތާއި ގުޅިގެން ސަރުކާރުން އަންނަނީ އެކަން ނުކުރުމަށް ގޮވާލަމުންނެވެ. އަދި މިއީ ގައުމުގެ މަސްލަހަތު ގެއްލޭނެ ފަދަ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. 

މީގެ ކުރިން ހަމައެކަނި މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާއިރު ރައީސް ޔާމީން ގެންދަވަނީ އާއްމުކޮށް ކޮންމެ ހަފްތާ ބަންދެއްގައި ވެސް ކޮންމެ ވެސް ރަށަކަށް ވަޑައިގެން އިންޑިއާ އައުޓް ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އިންޑީއާ އައުޓް ކެމްޕޭން ކުރިއަށްގެންދާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ބޭރުގެ ބަޔަކަށް ދިގު މުއްދަތަށް ދިނުމަށް ކުރި މަސައްކަތާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ކެމްޕެއިން ރައީސް ޔާމީން ވަނީ ފުލުހުން މެދުވެރިކޮށްގެން ހުއްޓުވާފަ އެވެ. 

އޭރު އިދިކޮޅުން ހިންގި ކެމްޕޭއިން ހުއްޓުވުމަށްޓަކައި މީހުން ހައްޔަރުކުރުމާއި އެ ކެމްޕެއިން އަށް ބޭނުންވާ ބައެއް ތަކެތި ހެދުމަށް ބޭނުން ކުރި ސާމާނު ވެސް ފުލުހުން އޭރު ގެންދިޔަ އެވެ.

ރައީސް ޔާމީން ފުރިހަމަ ކޮށްޓްރޯލް އޮވެގެން ފަސް އަހަރު ކުރިއިރު އިންޑިއާ ސިފައިން ރާއްޖެއިން ނުބަލާ މިހާރު އިންޑިއާ އައުޓް އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައްވާ ހިންގަވާ ހަރަކާތަކީ ސިޔާސީގޮތުން މަންފާ ހޯދުމަށް ހިންގާ ހަރަކާތެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް