ads
މިނިސްޓަރު އައިޝަތު——
ކްލާސްރޫމްގައި މޫނު ބުރުގާ ނަގަން އަންގާފައިވަނީ ޝައުގުވެރިކުރުވުމަށް: މިނިސްޓްރީ
ކްލާސްރޫމްތެރޭގައި މޫނު ބުރުގާ ނަގަން މުދައްރިސުންނަށް އަންގާފައިވަނީ މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
Advertisement

މޫނު ބުރުގާ އެޅި ޓީޗަރުން ކިޔަވައިދޭ ގަޑިތަކުގައި، މޫނު ފެންނަހެން ފޮތިކޮޅު ނެގުމަށް، ސްކޫލުތަކުން އަންގާ ކަމަށް ބުނެ، ބައެއް ޓީޗަރުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި ސްކޫލުތަކުގެ އެހެން އަންގަނީ، އެޑިއުކޭޝަން މިނިސްޓްރީގެ، އެދުމަށް ކަމަށް ވެސް އެ ޓީޗަރުން ބުނެ އެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމަށް ޓީޗަރުންނަށް ހުއްދަ ދީފައިވަނީ ޖަނަވަރީ 2019 އިން ފެށިގެން ކަމަށާއި އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މިވަގުތު ސްކޫލުތަކުގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުންވެސް ހިމެނޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާއި މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ. 

އަދި ޖަނަވަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެވިފައެއްވެސް ނުވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދެވިފައިވަނީ، ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭގޮތަށް ކަމަށާއި އެކަން އެގޮތަށް ކުރަނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާތީ ކަމަށެވެ. 

“އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަ މުހިއްމު ދައުރެއް އަދާކުރާތީއެވެ. އަދި
މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތަކަށްވުމާއި،
ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ޙަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި
މާހިރުން އިއްތިފާޤުވާތީ، އެ ފުރުޞަތުން ދަރިވަރުން މަޙުރޫމުވިޔަ ނުދިނުމަށްޓަކައެވެ.” މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަބަލް ބިހޭވިއަ ކޮންމެހެން ފެނުން ލާޒިމްކަމަށް މިނިސްޓްރީން ބުނިއިރު، ކޮވިޑާއި ގުޅިގެން މިވީ ތިން އަހަރުތެރޭ ހުރިހާ ޓީޗަރުންވެސް ސްކޫލުތަކުގައި ކިޔަވައިދިނީ މޫނު ނިވާކޮށްގެން މާސްކު އަޅައިގެންނެވެ.

އެކަމުން ކުދިންގެ ކިޔެވުމަށް އަަަސަރެއް ނުކުރާއިރު، މޫނު ބުރުގާ  ފޮތިކޮޅު ނެގުމަށް މަޖުބޫރުކުރުވާތީ އެކަންބޮޑުވުން ޓީޗަރުންގެ މެދުގައި އޮވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން ބުނީ، ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަބަލް ބިހޭވިއަ ކޮންމެހެން ފެނުން ލާޒިމް ނަމަވެސް، މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވުމުން ކަމަށެވެ.

އަދި ދުޢާއަކީ ވީހާވެސް އަވަހަކަށް މިޙާލަތުން
އަރައިގަނެވި މާސްކާނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެފަދަ ޙާލަތަކަށް ކަންކަން ރުޖޫޢަވެ، އެ ފުރުޞަތު މުދައްރިސުންނާއި
ދަރިވަރުންނަށް ފަހިވެގެން ދިއުން ކަމަށްވެސް މިބަޔާނުގައި ވެއެވެ.

މިމައްސަލާގައި ކަންބޮޑުވުންތައް އުފެދިފައިވަނިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައިވެސް ވަނީ ސްކޫލުތަކުގައި މޫނު ބުރުގާ އެޅުމާއި ދެކޮޅަށް ވާހަކަދައްކާފައެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަން ކަމަށާއި، ކިޔަވާ ދެއްވުމަށް ދަރިވަރުންނާ ބައްދަލު ކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަގީންވާންޖެހޭނެކަމަށް އެ ޕާޓީއިން ދެކޭކަމަށެވެ.

0%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް