ads
ލަންކާ އިން ކޮރޯނާ ވައިރަހަށް މީހަކު ޕޮސިޓިވް ވެއްޖެ
ސްރީ ލަންކާ އިން ކޮރޯނާ ވައިރަހަށް މީހަކު ޕޮސިޓިވް ވެއްޖެއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައިވަނީ އުމުރުން 43 އަހަރުގެ ޗައިނާ އަށް ނިސްބަތްވާ މީހެކެވެ. އަދި އެމީހާ މިހާރު ވަނީ ލަންކާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް ވެސް ހަބަރުތަކުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ ބަލި ފެތުރުނަ ނުދިނުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ލަންކާގެ އެއާޕޯޓުގައި ވެސް ކޮރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ ކަންކަން ކުރަމުން އަންނައިރު ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ތަނެކެވެ. 

ޗައިނާގެ ވުހާން ސިޓީން ފެތުރުނު ކޮރޯނާ ވައިރަސް މިހާރު ވަނީ ގިނަ އަދަދެއްގެ ގައުމުތަކަށް ފެތުރިފަ އެވެ. ނަމަވެސް މިބައްޔަށް ޝައްކުކުރެވޭ މީހަކު މިހާތަނަށް ރާއްޖެއިން ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

މީހާތަނަށް 81 މީހުން އެވައިރަހަށް ޕޮސިޓިވް ވެފައިވާ ކަމަށް ހަބަރުތަކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް