ads
ޓްރީޓޮޕް ހޮސްޕިޓަލުގެ ޑރ ޖުއާން އަދި ސާޖަރީ ޓީމް
ސިކުނޑީގެ ޓިއުމަރު ނައްތާލުމުގެ އޮޕަރޭޝަނެއް ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ކްރެނިއޮޓޮމީ އަދި އިންޓަރކުރޭނިއަލް ޓިއުމަރ ނައްތާލުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްރެނިއޮޓޮމީ އަދި އިންޓަރކުރޭނިއަލް ޓިއުމަރ ނުވަތަ ސިކުނޑީގެ ޓިއުމަރ ނައްތާލުމުގެ އޮޕަރޭޝަން، އެ ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމަންޓްއިން ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ ސިކުނޑީގެ ޓިއުމަރަށް ފަރުވާ ކުރަމުންދާ 66 އަހަރުގެ ބޭފުޅަކަށެވެ.

ކްރޭނިއޯޓޮމީއަކީ ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ޓިއުމަރ ނައްތާލުމަށް ކުރެވޭ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑޮކްޓަރު، ޑރ. ހުއާން ލޮރީޑޯ، ހޭނައްތާ ޑޮކްޓަރު، ޑރ. އައިމިނަތު ފިއުނާ އާއި ހޭނައްތާ ޓެކްނިޝަން ވިސްވަޖިތް އުދޭކުމާރު، އަދި މެޑިކަލް އޮފިސަރ، ޑރ. ގާސިމް ނިމާލް އެވެ. އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހުނަރުވެރި ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމެކެވެ.

ޑރ. ހުއާން ލޮރީޑޯއަކީ ދާއިރާގެ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، ވީހާވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރުމަށެވެ. އޭނާ ވަނީ ސްޕެއިންގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޒަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ އައި.ސީ.އެން-އިންސްޓިޓިއުޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ، އިސް މަގާމުތައް ފުރުއްވަވާއެވެ. އަދި ޒިއުރިކް ސްވިޓްޒަލޭންޑުގައި މައިކްރޯސާރޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއަރ، ހަވާޑް ޔުނިވަރސިޓީ އަދި މެލްބޯންގައި ނިއުރޯ ސާރޖަރީ، އަދި ޑެލަސްގައި ވެސްކިއުލޯ އިން ޑރ. ހުއާން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓް ހޯއްދަވާފައި ވެއެވެ.

"މި އޮޕަރޭޝަން ގޮސްފައިވަނީ ވަރަށް ކާމިޔާބުކޮށްކަން، އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ފާހަގަކޮށްލަން" ޑރ. ހުއާން ވިދާޅުވެފައި ވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކުގެ ޙާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަވަނީ ވަރަށްވެސް ކުޅަދާނަ، ގާބިލު އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް، ވާދަވެރި އަގުތަކެއްގައި ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވަން ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެ ހޮސްޕިޓަލުން އެދެއެވެ.

77%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް