ads
3 ދުވަސް ވަންދެން ދިރި ހުރި ކުރަތްޕެއް ކަންފަތުގައި
މި ހާދިސާ ދިމާވެފައިވަނީ އޯކްލޭންޑްގެ ރައްޔިތެއް ކަމަށްވާ 40 އަހަރުގެ ޒޭން ވެޑިންގް ނަމަކަށް ކިޔާ މީހަކަށެވެ.

އޭނާ ބުނި ގޮތުގައި އެއްދުވަހު ޕޫލްއަށް އެރުނު ފަހުން އޭނާގެ ކަންފަތް ބެނދިފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ.

ނަމަވެސް އާއްމުކޮށްވެސް ވާގޮތަށް ކަންފަތުގައި ފެންހަރުލާފައި ހުރުމުން ކަންފަތް ބަންވެފައިވަނީ ކަމަށް ހީކޮށް މާބޮޑު ކަމަކަށް ނަހަދާ އެރޭ ނިދީކަމަށް އޭނާ ބުންޏެވެ.

“ކަންފަތް ސާފު ކުރުމަށްފަހު އެރޭ އަހަރެން ސޯފާގައި ނިދަން އޮތީ” ވެޑިންގް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭގެ އަނެއް ދުވަހުވެސް ކަންފަތް ބެނދިފައިވާ ކަމުގެ އިހުސާސް ކުރެވޭތީ ފަހުން އެދުވަހު ޑޮކްޓަރަށް ދައްކަން ދިޔުމުން، ޑޮކްޓަރު ވިދާޅުވީ، ހެއާ ޑްރަޔާ އަކުން ކަންފަތުގައި ހަރުލާފައިވާ ފެންތައް ހިއްކާލުމަށެވެ.

ދެން އެގޮތަށް ކަންތައް ކުރުމުންވެސް ކަންފަތް ރަނގަޅު ނުވާހެން ހީވާލެއް ބޮޑުކަމުން އޭނާ އޭގެ ދެދުވަސް ފަހުން ކަރުން މަތީގެ ޑޮކްޓަރަކަށް ދައްކަން ދިޔައެވެ.

އެފަހަރު ޑޮކްޓަރު އޭނާގެ ކަންފަތް ބެލުމަށްފަހު އޭނާގެ ކަންފަތުގައި ދިރޭ ސޫއްޕެއް އޮތް ކަމަށް ލަފާކުރެވޭ ކަމަށް ބުނިކަމަށާއި، އަދި ކަންފަތް ތެރޭ އޮތް ކުރަފި ނެގުމަށް ގާތްގަނޑަކަށް ފަސް މިނެޓު ޑޮކްޓަރު ހޭދަކުރި ކަމަށް އޭނާ ބުންޏެވެ.

“ކޮންމެ ފަހަރަކު އޭގައި ޑޮކްޓަރު އަތްލާ އިރު އަހަރެންނަށް ހީވީ ކަންފަތް ތެރެއަށް ޑޮކްޓަރު ކުރަތްޕެއް ލާހެން”ކަންފަތުން ކުރަފި ނެގި ވަގުތުގެ އިހްސާސް ކިޔައިދެމުން އޭނާ ބުނެފައިވެއެވެ.

ކަންފަތުން ކުރަފި ނެރުމާއެކު ހަމަ ޖެހުމުގެ ނޭވާއެއް ލެވުނު ނަމަވެސް އޭނާ ބުނާގޮތުން އެއީ ހަނދާން ނައްތާލަން އުނދަގޫ އިހްސާސްތަކެކެވެ. އަދި އެ ހާދިސާ ހިތަށް އެރުމުން މިހާރުވެސް ފަކުރުގަނެ، މުޅި ގައިން ހީބިހި ނަގާކަމަށް އޭނާ ބުންޏެވެ.

38%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް