ads
އިންޑިއާ އައުޓް ހަރަކާތަށް ރައީސް ޔާމީން ދުވާފަރަށް ވަޑައިގެން ރައްޔިތުންނާއި ސަލާމް ކުރަނީ
"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވުމަށް ރައީސް ޔާމީން ދުވާފަރަށް ވަޑައިގެންފި
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން ދުވާފަރަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް، ބަނދަރު ކައިރިއަށް ޖަމާވެފައެވެ. 

ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓު ތަކުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެމަނިކުފާނު ގެންދަވަނީ "އިންޑިއާ އައުޓް" ހަރަކާތް ހިންގެވުމުގައި އިސްކޮށް ބައިވެރިވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން މި ހަރަކާތް ހިންގެވުމަށް ރާއްޖޭގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވާފައެވެ. 

އެގޮތުން އެމަނިކުފާނު ވަނީ، ވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫ، ށ. ފުނަދޫ ގެ އިތުރުން ފ. ނިލަންދޫއަށް ވަޑައިގެން އެރަށްރަށުގައި ވެސް މި ހަރަކާތް ފުޅާކޮށް ކުރިއަށް ގެންދަވާފައެވެ. 

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަން ފާހަގަ ވެފައިވާއިރު އެމަނިކުފާނު ހައްޔަރު ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް