ads
ރިއާ އައި ސުޝާންތު---
ސުޝާންތު އާ ދެމެދު އޮތް ލޯބީގެ ގުޅުމެއް ހާމަކުރާކަށް ރިއާ ބޭނުމެއް ނުވޭ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އާ ރަހުމަތްތެރިކަމުގެ ގުޅުމުގެ އިތުރުން އިތުރު ގުޅުމެއް އޮތް ނަމަ އަދި އެކަން ހާމަކުރާކަށް ބޭނުމެއް ނުވާ ކަމަށް އެކްޓަރެސް ރިއާ ޗަކްރަބޫޓީ ބުނެފިއެވެ.

ރިއާ އާއި ސުޝާންތު އެކުގައި ވަރަށް ގިނައިން ފެނިފައިވެއެވެ.

އެ ދެ ތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް އަޑުތައް ވަނީ އަރާފައެވެ.

އެ ދެ ފަންނާނުންގެ ގުޅުމާ މެދު ގިނަ ބައެއް ހިތުގައި ސުވާލު އުފެދިފައިވާއިރު ދާދި ފަހުން ރިއާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސުޝާންތު އާ ދެމީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށެވެ.

ދެމީހުންގެ ދޭތެރޭ ރަހުމަތްތެރިކަމުގެ ގުޅުމުގެ އިތުރުން އިތުރު ގުޅުމެއް އޮތް ނަމަ އަދި އެކަން ހާމަކުރާކަށް ބޭނުން ނުވާ ކަމަށް ރިއާ ވަނީ ބުނެފައެވެ.

ޓީވީ ސީރީޒްތަކުން މަގުބޫލުވި ސުޝާންތު ބޮލީވުޑަށް ތައާރަފުވީ ޕީކޭ އިންނެވެ. 

ބޮލީވުޑުގައި އޭނާ ވިދާލީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ގައި މަސައްކަތް ކޮށްގެންނެވެ. ސުޝާންތު އެންމެ ފަހުން ފެނިގެން ދިޔައީ 'ކެދާނަތު' އިންނެވެ. އެފިލްމުގައި ސުޝާންތު އާއެކު ފެނިގެން ދިޔައީ ސާރާ އަލީ ހާން އެވެ.


ރިއާ ބޮލީވުޑަށް ތައާރަފް ވީ "މެރެ ޑޭޑް ކި މަރޫތީ" އިންނެވެ. ރިއާ ވަނީ "ބޭންކް ޗޯރް" އާއި "ހާފް ގާލްފްރެއިންޑް" އަދި "ސޮނާލީ ކޭބަލް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. ރިއާ އެންމެ ފަހުން ފެނިގެން ދިޔައީ "ޖަލޭބީ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް