
އަބަދުވެސް އައިސް ކިޔުބު އައިސްއަލަމާރީގައި ބަހައްޓަން ހަނދާން ކުރަންވީ މިފަދަ ހާލަތްތަކުގައި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށެވެ.
ކައިފައި ބާކީވާ ބަތް
ކައި ނިމުމަށްފަހު ބާކީވާ ބަތް ހޫނު ކުރުމުން ބަތް ހިކި ތަތްލަވާ ގޮތްވެއެވެ. މިކަން ހައްލު ކުރުމަށް ބޭނުންވަނީ ހަމަ އެންމެ އައިސް ކިޔުބެކެވެ. މައިކްރޯވޭވް އަށް ލައި ބަތް ހޫނުކުރުމުގެ ކުރިން އައިސް ކިޔުބެއް އޭގެ ތެރެއަށް ލާށެވެ. އާވި އަރުވައިދޭ އެއްޗެއްގެ ގޮތުގައި އައިސް ކިޔުބު މަސައްކަތް ކުރާއިރު މީގެ ސަބަބުން ތެތްކަން މަތީގައި ބަތްތައް ހުރުމަށް އެހީވެދެއެވެ.
ހޯމް މޭޑް ޑްރެސިން ސެލެޑް
އެއްވެސް ވަރަކަށް ތެޔޮ އެކުލެވޭ ސެލެޑެއް ތައްޔާރު ކުރިންތަ؟
ތައްޔާރު ކޮށްފައިވާނަމަ ސެލެޑް މާ ދިޔާވުމާއި ޔަޤީނުންވެސް ވާނީ ކުރިމަތިލާފައެވެ. މިއީ ހައްލު ކުރަން ނުހަނު ފަސޭހަ ކަމެކެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އައިސް ކިޔުބެއް އެއްކޮށްލުމެވެ. އައިސް ކިޔުބުގެ ސަބަބުން ސެލެޑް ގަނޑު އޮލަވެގެންދެއެވެ. މިހެންވުމަށް މެދުވެރިވަނީ އައިސް ކިޔުބުގެ ފިނީގެ ސަބަބުން ތެޔޮ ހަރުވެގެންދާތީއެވެ.
ކާޕެޓުގައި ޖެހިފައި ހުންނަ ލައްތައް
ކާޕެޓަކީ ބަލާލަން ވަރަށް ރީތި އެއްޗެކެވެ. ނަމަވެސް އެކި ފަރުނީޗަރުތަކުން ކާޕެޓުގައި ލައް ޖެހިގެން ދިޔުމަކީ ކާޕެޓް ބަލާލަން ހަޑިވެގެންދާ ސަބަބެކެވެ. މިހެން ޖެހިފައިވާ ލައްތައް ފިލުވާލުމަށްޓަކައި އައިސް ކިޔުބެއް ލައް ޖެހިފައިވާ ތަނުގައި ހާކާލާށެވެ. އަދި އައިސް ކިޔުބު ދިޔާވުމުން ކާޕެޓް އުނގުޅާލުމަށްފަހު، ބަލާލާއިރު ކާޕެޓްގައިޖެހިފައިވާ ލައްތަކުގެ ކުލަ ފަޑުވެގެންދާ ކަން ފާހަގަކުރެވިގެންދާނެއެވެ.
ޗުއިންގަމް ފިލުވުމަށް
ދަރިފުޅުގެ އަތުން ޗުއިންގަމް ހެދުމުގައި ހަރުލާ، ނުވަތަ އަމިއްލައަށް ކާން އިންނަ ޗުއިންގަމް ހެދުމުގައި ހަރުލި ފަހަރަކާއި ދިމާވިހެއްޔެވެ؟ޗުއިންގަމް ހަރުލާފައިވާ ހެދުންތައް ވަގުތުން އުކާލުމުގެ ބަދަލުގައި އައިސް ކިޔުބެއް ބޭނުންކޮށްލުމުން އެ ހެދުންތައް އަލުން ބޭނުން ކޮށްލެވޭނެއެވެ. ޗުއިންގަމް ޖެހިފައިވާ ތަނުގެ މަތީގައި އައިސް ކިޔުބެއް ބާއްވާށެވެ. އައިސް ކިޔުބުގެ ސަބަބުން ފިނިހޫނުމިން ދަށްވެ، ޗުއިންގަމް ހަރުވެގެންދާނެއެވެ. މީގެ ސަބަބުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޗުއިންގަމް ނެއްޓިގެންދާނެއެވެ.
އަތާއި ފައިގެ ހަންގަނޑު ތެރެއަށް ވަންނަ ކުދިކުދި އެއްޗެހި
އަތާއި ފައިގެ ހަންގަނޑު ތެރެއަށް ފުޅިތޮށި ފަދަ ކުދިކުދި އެއްޗެހި ވަނުމަކީ ވަރަށް އުނދަގޫވާ ކަމެކެވެ. މިފަދަ ވަގުތުތަކުގައި އައިސް ކިޔުބެއް ބޭނުންކޮށްލުމުން އެތަނެއް އައްސިވެ ވަދެފައިވާ އެއްޗެއް ނަގާއިރު ތަދު އިހުސާސްވާލެއް ކުޑަވާނެއެވެ.