ads
ދީޕިކާ ޕަދުކޯން އާއޮ ރިތިކް ރޯޝަން
ރިތިކް އާއެކު މަސައްކަތް ކުރަން ލިބުމުން ދީޕިކާ އުފަލުން ފޮޅިފައި
މަޝްހޫރު ބޮލީވުޑް ތަރި ދީޕިކާ ވަނީ ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ގިނަ ތަރިންނާއެކު މަސައްކަތް ކޮށްފަ އެވެ. ދީޕިކާ އަދި މިހާތަނަށް އެކީ މަސައްކަތްކޮށްފައިނުވާ ތަރިންތަކުގެ ތެރޭގައި ސަލްމާން ހާން، އާމިރު ހާން އަދި ރިތިކް ރޯޝަން ފަދަ ތަރިން ހިމެނެއެވެ.
Advertisement

 ދީޕިކާ މިހާރު މިވަނީ ސިދާތު އާނަންދުގެ ކުރިއަށް އޮތް "ސްޕައި ތްރިލާ ފައިޓާ" ފިލްމަށް ސޮއިކޮށްފަ އެވެ. އެ ފިލްމުގައި ދީޕިކާ އެކީ ފެނިގެންދާނީ ކުޅަދާނަ ބަތަލު ރިތިކް ރޯޝަން އެވެ.

އެކަމާ ގުޅިގެން ދީޕިކާ "ބޮލީވުޑް ހަންގާމާ" އަަށް ދިން އިންޓަވިއުއެއްގައި ވަނީ ރިތިކް އާއެކު މަސައްކަތްކުރުމާމެދު ދެކޭ ގޮތް ހިއްސާކޮށްފަ އެވެ.

ދީޕިކާ ބުނީ އަބަދުވެސް ރިތިކް އާއެކު މަސައްކަތް ކުރަން ބޭނުންވި ކަމަށެވެ. ނަމަވެސް އެކީގައި މަސައްކަތް ކުރަން ބަލާއިރު ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި މަސައްކަތް ކުރާ ފިލްމުގައި ރަނގަޅު ސްކްރިޕްޓެއް އޮންނަން ޖެހޭ ކަމަށާއި، އަދި ރަނގަޅު ވަގުތެއް ވެސް އޮންނަ ކަމަށެެވެ. މިހާރު ރިތިކް އާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށް ދީޕިކާ ބުނެއެވެ.

ސިދާތު އާންނަދު އާއެކު މީގެ ކުރިން ވެސް ދީޕިކާ މަސައްކަތްކޮށްފައިވެއެވެ. އެއީ ކޮމެޑީ ފިލްމު "ބަޗްނޭ އޭ ހަސީނޯ" އިންނެވެ.

ރިތިކް ވަނީ ދެ ފިލްމެއްގައި ސިދާތު އާއެކު މަސައްކަތް ކޮށްފަ އެވެ. އެއީ ފިލްމު "ބޭންގް ބޭންގް" އަދި ފިލްމު "ވ" އިންނެވެ.

ދީޕިކާ އަދި ރިތިކް އެކީ ފެނިގެންދާ ފިލްމު ފައިޓާ ވެގެންދާނީ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފްރެންޗައިޒް ފިލްމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް