ads
ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓް ދޭން ވަނީ ފަށާފައި
ސްޓެލްކޯގެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއިން ހުޅުލެއަށް ކަރަންޓު ދޭން ފަށައިފި
ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިިން މިއަދު ބުނީ، މާލެއާއި، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑާއި ހުޅުލޭގެ ގްރިޑް ގުޅުވާލާފައި ވާކަމަށެވެ. 

މި ގްރިޑް ގުޅުވާލާ ހުޅުލެއަށް ކަރަންޓު ދިނުމަށް ފަށާފައިވަނީ، މިދިޔަ ހުކުރު ދުވަހު ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. 

ހުޅުލޭގެ ގްރިޑާއި ސްޓެލްކޯގެ ކަރަންޓުގެ ގްރިޑް ގުޅާލާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކު ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.  

މާލެއާއި، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑްގެ ދަށުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓު ދޭން ފަށާފައި މިވަނީ، މި މަހުގެ ހަވަނަ ދުވަހު ކުރެވުނު އެއްބަސް ވުމުގެ ދަށުންނެވެ. 

ސްޓެލްކޯއަކީ މާލެ ސަރަހައްދުގައި ހަމައެކަނި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންނެޏެވެ. މާލެ ސަރަހައްދު ނޫނަސް ބައެއް ރަށްރަށުގައި ވެސް ސްޓެލްކޯ އިން ވަނީ މީގެ ކުރިން ކަރަންޓު ފޯރުކޮށް ދިނުމާއި ކަރަންޓުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް