އެޗްޕީއޭއިން މި ސެންޓަރު ހުޅުވާފައި މިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ކައިރީގައެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮވިޑްގެ ސާމްޕަލް ނެގުމަށް ހުޅުވުނު ފުރަތަމަ ސެންޓަރެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން ބުނީ، މިއަދުން ފެށިގެން ހިޔާ ފްލެޓްގެ އަށް ވަނަ ޓަވަރު ކައިރީ ހުޅުވުނު ސެންޓަރުން ކޮންމެ ދުވަހަކު މެންދުރު ފަހު 15:00 އިން ފެށިގެން އިރުއޮއްސި 18:30 ހާއި ހަމައަށް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ސެންޓަރާ އެކު، މާލެ ސަރަހައްދުގައި އެޗްޕީއޭއިން ކޮވިޑް ޓެސްޓު ހަދައިދޭ ހަ ސެންޓަރެއް ހުންނާނެ އެވެ.
މާލެ ސަރަހައްދުގައި ހުޅުވިފައިވާ ސެންޓަރުތައް: