ads
ރައީސް ސޯލިހާއި ގާސިމް އިބްރާހީމް-- ފޮޓޯ: ވަން އޮންލައިން
ޖޭޕީވެސް އެމްޑީޕީއާއެކު، ލީޑަރުގާސިމް ރާޝިދުގެ ކެމްޕެއިނަށް މިއަދު ފުރާވަޑައިގަންނަވަނީ
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިންއާއި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ގުޅިވަޑައިގެންފި އެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް މިއަދު "ސީއެންއެމް"އަށް ވިދާޅުވީ، އެ ދަތުރުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު 14:00 ގައި ކަމަށާއި މިހާރު ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަލީ ސޯލިހް ވިދާޅުވީ، ދަތުރު ކުރުމަށް ނަގަންޖެހޭ ޕީސީއާރް ޓެސްޓާއި އެހެނިހެންވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ ކަމަަށެވެ. 

މި ދަތުރުގައި ޖޭޕީގެ ލީޑަރު ގާސިމް އާއިއެކު އަނބިކަބަލުން އައިޝަތު ނަހްލާ ވަޑައިނުގަންނަވައެވެ. ނަމަވެސް ވަކި ހިސާބަކުން އެ ކެމްޕެއިން އާއި އެކަމަނާވެސް ގުޅިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ލީޑަރު ގާސިމާއެކު، މިދަތުރުގައި ދެން ބައިވެރިވެވަޑައިގެންނަވަނީ އަލީ ސޯލިހުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.

ރާޝިދުގެ ކެމްޕެއިންއާއި ޖޭޕީގެ ލީޑަރު ގާސިމް ގުޅިވަޑައިގެންއިރު ސަރުކާރު ކޯލިޝަނުގައި ދެން ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ރާޝީދު އަށް ތާއިދުކުރަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް