ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް މިދިޔަ އަހަރު ދިޔައިރު އެކަން އާސިފް ލީކޮށްލާފައިވަނީ، އާއިލާގެ މީހަކު ސަލާމަތް ކުރަން ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ.
އެ މައްސަލާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އާސިފް ހިމެނޭހެން އިތުރު ހަތަރު މީހެއްގެ ފޯނު ވެސް ހިފެހެއްޓިއެވެ. ފޯނުތައް ހިފެހެއްޓިތާ 33 ދުވަސް ފަހުން އަނބުރާ ދީފައިވާއިރު އާސިފް ވަނީ އޭނާއަށް ކުރި ތުހުމަތުތައް ދޮގުކޮށްފައެވެ.
އެމައްސަލައިގައި ފަހުން ފުލުހުން އާސިފަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.