ads
ވެލާ ރިސޯޓުންވަނީ ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކަރުފިޔާ ދީފައި
ސާވިސް ޗާޖް: ބައެއްރިސޯޓުތަކުން ބައިލައްކަ ދިންއިރު އަނެއްބައިރިސޯޓުތަކުން 10ހާސް
މިމަހުގެ ސާވިސް ޗާޖްގެ ގޮތުގައި ބައެއް ރިސޯޓުތަކުން ބައިލައްކަ ރުފިޔާ ދިންއިރު އަނެއްބައި ރިސޯޓުތަކުން ސާވިސް ޗާޖްގެ ގޮތުގައި ދިން އަދަދު ދިހަހާހަށްވެސް ނާރައެވެ.

ސާވިސް ޗާޖްގެ ގޮތުގައި ބައިލައްކަ ރުފިޔ ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ވެލާ ޕްރައިވެޓް އައިލެންޑާއި، ވަލްޑޯފް އެސްޓޯރިއާގެ އިތުރުން އިތާފުއްޓެވެ. މީގެ ތެރެއިން ކޮންމެ ރިސޯޓަކުންވެސް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށްވެސް ދީފައި ވެއެވެ. 

މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވެލާއިންނެވެ. އެއީ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރުފިޔާ) އެވެ. މި ރިސޯޓަކީ ކޮންމެ މަހަކުހެން ސާވިސްޗާޖުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ރިސޯޓެވެ.

ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖް ދީފައިވަނީ އިތާފުއްޓެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (51،194ރުފިޔާ) ދީފައި ވެއެވެ.

ތިންވަނައަށޤ އެންމެ ގިނައިން ދީފައިވަނީ ސޮނެވާގެ ރިސޯޓުތަކުންނެވެ. ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރުފިޔާ) ދީފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު، އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޓޫރިސްޓުން އިތުރުވާތީ ގިނަ ރިސޯޓުތަކުން ސާވިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބަހަ އެވެ.

ރިސޯޓުތަކުން އާންމުކޮށް ސާވިސް ޗާޖުގެ މައުލޫމާތު ހާމައެއް ނުކުރެއެވެ. އަދި ރަސްމީ އިދާރާއަކުންވެސް ސާވިސްޗާޖްގެ އަދަދުތައް ވަކިން ހާމައެއް ނުކުރެއެވެ. ސާވިސް ޗާޖުގެ އަދަދުތައް ހާމަކުރަނީ ބައެް ފޭސްބުކްޕޭޖްތަކުގައި ރިސޯޓު މުވައްޒަފުން އަމިއްލައަށެވެ. 

ވިލާގެ ރިސޯޓުތައް ކަމަށްވާ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާއިން 602 (9282ރުފިޔާ) ޑޮލަރު ދީފައިވާއިރު  ޕެރެޑައިސް އައިލެންޑް ރިސޯޓުން ދީފައިވަނީ 592(9128ރުފިޔާ) ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް