ads
ތިނަދޫ އާއި ކުޅުދުއްފުށީ ޕޯޓް ހެދުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައި
156.8 މިލިޔަން ރުފިޔާއަށް ކުޅުދުއްފުއްޓާއި ތިނަދޫ ރީޖަނަލް ޕޯޓު ހަދަނީ
ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫޢު އާއި ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ ޖުމްލަ އަގަކީ 138،980،244.28 ރުފިޔާއެވެ. މަސައްކަތް ނިންމަން ޖެހެނީ 495 ދުވަސް ތެރޭގައެވެ. ތިނަދޫ ރީޖަނަލް ޕޯޓުގެ ޖުމްލަ އަގަކީ 17،864،369.16 ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 330 ދުވަހެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯރކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނެ އެވެ. 

your imageތިނަދޫއާއި ކުޅުދުއްފުށީ ޕޯޓް ހެދުމުގެ އެއްބްސް ވުމުގައި ސޮއިކުރުން

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއަރހައުސް އަދި ވޯރކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރު ހަރުކުރުން ހިމެނެއެވެ.  

އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއަރ އާދަމް މުހައްމަދެވެ. 

އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް