ads
ފޮޓޯ: ސޯޝަލް މީޑިއާ
ފުރަން ގޮސްހުރި ފަތުރުވެރިޔަކު ކުއްލިއަކަށް މަރުވެއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްހުރި ފަތުރުވެރިޔަކު ކުއްލިއަކަށް މަރުވެއްޖެއެވެ.
Advertisement

މި ހާދިސާއާއި ގުޅިގެން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، މިއަދު ހެނދުނު އިނގިރޭސި ވިލާތުގެ ފަތުރުވެރިޔަކު ސްމޯކިން އޭރިއާ ތެރޭ ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން އޭނާ އަށް އެއާޕޯޓްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވާކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިއަދު ހެނދުނު 08:42 ހާއިރު އެއާޕޯޓްގެ ސްމޯކިން އޭރިއާ ތެރޭ ހުރި ފަތުރުވެރިޔަކު ހަބަރު ހުސްވެ ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވާކަމަށެވެ. އަދި އޭނާ އަށް އެއާޕޯޓްގެ އެމެޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވާކަމަށާއި، މިހާރު ހަށިގަނޑު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

އަދި މަރުވެފައި ވަނީ އިނގިރޭސި ވިލާތުގެ އުމުރުން 63 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އެމީހާ މަރުވީ މިއަދު ރާއްޖެއަށް އައިސް ރިސޯޓަށް ފުރުމަށް ހަމަޖެހިފައި ވަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް