ޖެމްކިއު އިންވެސްޓްމެންޓް ސްކީމް ޕްރްޮމޯޓް ނުކުރަން ފުލުހުން އަންގާފައިވަނިކޮށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ޖީއެމްސީއީ ޕްރޮމޯޓްކޮށް ގިނަ މީހުން އެ ސްކީމްުގައި ބައިވެރިވާން އެދެފިއެވެ.

Advertisement
ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ވަނީ ބުނެފައެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ބުނީ ރައްޔިތުންގެ މަޖުލީސްގެ 70 އިންސައްތަ މެމްބަރުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ،ސިފައިންނާއި ޕޮލިހުންގެ 80 އިންސައްތަ މީހުން ހިމެނޭހެން ޖުމްލަ 70 ވަރަކަށް ހާސް ރައްޔިތުން ޖީއެމްސީއީ ބޭނުންކުރާކަމަށެވެ. އަދީ އެމީހުން އެ ސްކީމް ބޭނުން ކުރަނީ އެކަމުން ވަރަށް ބޮޑު ނާފާ ލިބެމުންދާތީކަމަށެވެ.
" ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޖީއެމްސީއީ ގެ ސަބަބުން ޖީއެމްސީއީ ބޭނުންކުރައްވާ ބޭފުޅުން އަށް ބޮޑުތަނުން ފައިދާވެ ކަންމަތީ ފިހާރަ ތަކުގެ ދަރަނި ދައްކާ ލުއި ލޯނު ތައް ދައްކާ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަން." އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ އެކި މުނާސަބަތު ތަކުގައި ރަށްފުށުގައި ބާއްވާ އެކި އެކި ހަރަކާތްތަކަށް ޖީއެމްސީއީގެ ފަރާތުން ބޮޑެތި އަދަދު ތަކުން ސްޕޮންސާވެސް ދޭކަމަށެވެ.
"2024 ވަނަ އަހަރުން ފެށިގެން ޖީއެމްސީއީ ބޭނުންކުރަމުން ދާއިރު އަދި އެއްވެސް ރައްޔިތަކަށް ގެއްލުން ލިބިފައި ނުވެ..ޗއެބޭފުޅެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ޖީއެމްސީއީ އަށް އިންވެސްޓު ކުރެއްވި ކޮންމެ ބޭފުޅަކަށްވެސް މިއަދާ ހަމައަށް ހާހުން ، ލައްކައިން ، މިލިއަނުން ފައިދާ ވާކަމީ ޖީއެމްސީއީ ބޭނުންކުރައްވާ އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއްނޫން...ކިތަންމެ ވަރަކަށް ޖީއެމްސީއީ އާ ބެހޭގޮތުން ނޫސް ބަޔާން ތައް ނެރުނު ނަމަވެސް ޖީއެމްސީއީ ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދަނީ." އައްބާސް ވިދާޅުވިއެވެ.
އެހެންކަމުން ޤައުމުގެ ހާލަތު އޮތްގޮތުންނާއި އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖީއެމްސީއީ ގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ދެކޭކަމަށްވެސް އައްބާސް ވިދާޅުވިއެވެ.