ads
އދ ދިގުރަށް
އަޅާލުން ކުޑަކަމުން ނިކަމެތިވަމުންދާ ރަށެއް!
އެ ރަށުގެ ބެޑް ކެޕޭސިޓީއަކީ 300 އެވެ. އެ ވަރަށް ފަރުވެރިކަމަށް ފައްކާވަމުން ދިޔަ ނަމަވެސް އެ ރަށުގައި ހުރި އަސާސީ ހިދުމަތްތަކުގެ ނިކަމެތިކަމުގެ ކަން ބޮޑުވުން އޮތީ އިންތިހާ އަށެވެ. އަހަރެއްގެ މައްޗަށް ފަތުރުވެރކަމުގެ ޓެކްސްއިން އަހަރަކު އެތައް މިލިއަން ރުފިޔާއެއް ސަރުކާރަށް ދައްކަމުންދާ އދ. ދިގުރަށު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
Advertisement

ޝަކުވާތަކަށް ހައްލުނުލިބި ގިނަ ދުވަސްވަމުންދާ ވަރަކަށް ހާސްކަމާ ކުރިމަތިލާނެވެ. ލިބޭ ލާރިކޮޅުންނާއި ލޯނު ނަގައިގެން އެ ރަށުގައި ގެސްޓް ހައުސް ތަރައްގީ ކުރަމުންދާއިރު ގެސްޓް ހައުސްތައް ހިންގުމަށް ބޭނުންވާ މިންވަރަށް ނުވަ ފެންވަރަށް އެހެން ހިދުމަތްތައް ކުރިއައިގެން ނުދާ ނަމަ ހާސްކަމާ ކަން ބޮޑުވުން ވެސް ބޮޑުވާނެ އެވެ. 

އެ ރަަށަށް ޒިޔާރަތް ކުރާ ރަސްމީ ކޮންމެ ފަރާތަކަށް ވެސް އެ ރަށުގައި ހުރި ދަތިކަން ސާފުކޮށްދީ އެ ދަތިކަން ހައްލުކޮށްދިނުމަށް އެދެ އެވެ. ނަމަވެސް އަދި އެއްވެސް ކަމެއް ވާނެ ގޮތެއް ނުވެ އެވެ. ސަތޭކަ ފަންސާސް ކޮޓަރީގެ ގެސްޓްހައުސް ސިނާއަތެއް ފައްކާވަމުންދާއިރު ނަރުދަމާގެ ނިޒާމެއް އެ ރަށަކު ނެވެ. ނަރުދަމާގެ ނިޒާމު ނެތުމަކީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް ކުރިއަރުވުމަށް އޮތް ހުރަހަކަށް ވެސް ވެގެންދާނެ އެވެ.  ނަރުދަމާގެ ނިޒާމު ނެތުމުގެ ކަން ބޮޑުވުމާއި ޝަކުވާ އެ ރަށުގައި ބޮޑީ އެ ކަހަލަ ސަބަބުތަކާ ހެދި އެވެ.

އެ ރަށު ކައުންސިލް ރައީސް އިބްރާހިމް އުސްމާން "ސީއެންއެމް' އަށް ވިދާޅުވީ ދިގުރަށުގައި 150 ކޮޓަރީގެ 15 ގެސްޓް ހައުސް ހިންގަމުންދާކަމަށާއި، އެކޮޓަރިތަކުގެ ބެޑް ކެޕޭސިޓީ ތަކަކީ 300 ކަމަށެވެ. އަދި ހަ ގެސްޓް މާޓް އެރަށުގައި ހުރި އިރު، ހުއްދަ ނުލިބިގެން ނުހުޅުވި 22 އެނދެއް އެ ބަހުރި ކަމަށް ވެސް އުސްމާން ވިދާޅު ވިއެވެ.

"ރަށްދަނީ ފަތުރުވެރިކަމާއެކު ކުރިއަރަމުން. ހުރިހާ ދިމާލަކަށް ބެލިޔަސް އެކަން ދަނީ ފެންނަމުން. ނަމަވެސް ފަތުރުވެރިކަން ކުރިއަރަމުންދާ ސްޕީޑުގައި އެހެން ހިދުމަތްތައް ސަރުކާރަކުން ނުލިބޭ. މި ވަރަށް ގެސްޓް ހައުސް އިތުރުވަމުންދާއިރު ނަރުދަމާގެ ނިޒާމަކީ ވަރަށް މުހިންމު ހިދުމަތެއް. ނަމަވެސް އެ ވަރު ވެސް ނެތް ގާއިމުކުރެވިފައި،" އާބާދީގައި 690 މީހުން ތިބި ނަމަވެސް 1000 ދިރިއުޅެމުންދާ ރަށާ ބެހޭ ގޮތުން ކައުންސިލް ރައީސް ވިދާޅުވި އެވެ.

ރީތި ރީތި މޫދަކާއި ދޮންވެލި ތުނޑިއެއް ލިބިފައިވާ ދިގުރަށް އެތަންތަނުން ހިތްހަމަޖެހުން ހޯދުމަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވަމުންދިޔި ނަމަވެސް ބަނދަރުގެ ދަތިކަން އެ ރަށަށްވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ބަނދަރުން ޖާގަ ނުލިބިގެން މާލޭ ބަނދަރުގައި ދޯނިފަހަރު ބަރިބަރިއަށް އަޅައިގެން ތިބޭ ގޮތަށް ދިގުރަށުގެ ބަނދަރުގެ ހާލަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބަނދަރުގެ ދަތިކަން ވެސް އެހާ ދަތި. 500 އަކަފޫޓުގެ ބަނދަރެއް މި އޮންނަނީ. ދޯނިފަހަރު ދަނީ ގިނަވަމުން. އަދި އެ ރަށަށް އަންނަ އުޅަނދުތައް ވެސް ދަނީ ގިނަވަމުން. މާލޭގަި ޖެޓީއަށް ދޯނިތައް ކައިރި ނުވެ ކިއުގައި ބޭރުގައި މަޑުކުރަން ޖެހިފައި މިހާރު މިއޮތީ،" ހަ ޑައިވިން ސްކޫލެއް ހުންނަ އިރު، ފަސްދޮޅަސް ފޫޓްގެ ނުވަ ޑައިވިން ދޯންޏާއި ތިން ސްޕީޑް ލޯންޗާއި 22 ގިންގި އޮންނަ ދިގުރަށުގެ ބަނދަރުގެ ދަތިކަމާބެހޭގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ރަށުގައި ހުރި އުޅަނދުތަކުގެ އިތުރުން ދުވާލެއްގެ މައްޗަށް އެތައް އުޅަނދެއް އެ ރަށަށް ވަދެ ނިކުންނަ ކަމަށާއި އޭގެ ތެރޭގައި މަސް ދޯންޏާއި، ސްޕީޑް ލޯންޗާއި ބޯޓް ފަހަރުވެސް ހިމެނޭކަމަށާއި އެހެންކަމުން ބަނދަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. 

your imageދިގުރަށު ބަނދަރު...

ސިއްހީ ހިދުމަތް ވެސް އެހާ ދަށެވެ. އެމްބިއުލާންސެއް ނެތި ދެ މަސް ވެއްޖެ އެވެ. ކުނި އުފުލަން ކައުންސިލަށް ގެންގޮސްފައި އޮތް ރަށު ޕިކަޕުގައި ބަލި މީހުން އުފުލާތާ ދުވަސްތަކެއް ވަނީ ފާއިތުވެ، ގޮސްފައެވެ. ރަށް ގިރުމުގެ މައްސަލައަކީ އެ ރަށަށް ވެސް އެހާ ބޮޑު މައްސަލަ އެކެވެ. ނަމަވެސް ރަށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ނަމުގައި، ބަޖެޓްގައި ފައިސާގެ އަދަދުތައް ޖަހާފައި އޮންނަތާ މިހާރު ދެ އަހަރު ވެއްޖެކަމަށް ބުނެ އެވެ. އެ ރަށުގެ ރަށްޔިތުން ދެކޭގޮތުގައި އެ ރަށަށް އެކި ގޮތްގޮތުން އިހުމާލު ވަމުން ދަނީ ސަރުކާރުގެ ވުޒާރާތައް ފެއިލްވިގެންނެވެ. ނުވަތަ ގަސްދުގަ އެވެ.

ގެސްޓް ހައުސްތަކާ އެކު އެ ރަށު މީހުންގެ އަތްމަތި ތަނަވަސްވަމުންދާ ދަަަނޑިވަޅެއްްގައި އެ ތަނަވަސްކަން ދަމަހައްޓާ ކުރި އެރުވުމަށް އޮތް ހުރަކަށް އަސާސީ ހިދުމަތްތައް ވެގެން ހިނގައިދާނެތީ  އެ ރަށު ކައުންސިލުން ވެސް ތިބީ ވަރަށް ކަން ބޮޑުވެފަ އެވެ. އެ މައްސަލަތައް ހައްލު ކުރުމަށް ކައުންސިލުން ދަނީ މިނިސްޓްރީ ތަކުގައި، އެދި އާދޭސް ކުރަމުންނެވެ. .

your imageދިގުރަށު އެންބިއުލާންސެއް ނެތި ބަލިމީހުން އުފުލަނީ ކުނި ނައްތާލުމްށް ގެނެސްފައި އޮތް ރަށު ޕިކަޕުން

އެ ރަށު މީހުން ގަބޫލު ކުރާގޮތުގައި އެ ރަށަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވަމުން ދިޔުމުގެ ސަބަބުން މައްސަލަތައް ވަނީ ބޮއްސުން ލާފައެވެ. މި ހުރިހާ މައްސަލައެއް އެ ރަށަށް ދިމާވެފައިވާ އިރު، އަޑު އަހާނެ މިނިސްޓްރީއެއް ނެތް ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ. މިއީ މިއަދު އެރަށުގެ ކައުންސިލުންނާއި ރައްޔިތުންގެ ކަންބޮޑުވުމެވެ

ދިގުރަށަށް ކުރިމަތިވެފައިވާ އެ މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެންދިޔަ ނަމަވެސް އެ މީހުން ތިބީ އަތްއުރާލައިގެންނެވެ ނޫނެވެ. އެންމެ ފަހުން އެ ދަތި އުނދަގޫ ހާލަތުގެ ވާހަކަ "ރައީސް" އަށް ވެސް ވަނީީ ދަންނަވާފަ އެވެ. އޭގެ ފަހުން އެއް ފަހަރު ނައިބު ރައީސަށް ވެސް އެ ރަށަށް ކުރުމަތިވަމުންދާ ދަތި ހާލަތުގެ ވާހަކަ ދަންނަވާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

" އެތައް ފަހަރަކު މިނިސްޓްރީތަކުގައި ވެސް އެދެމުން މިދަނީ. ހައްލު ލިބިގެންދާ ތަނެއް ފެނިގެންނުދޭ. އަދި ޕްލޭނިން މިނިސްޓްރީގައި އެދުމުން ލިބުނު ޖަވާބަކީ ކޮވިޑްގެ ސަބަބުން ލަސްތަކެއް ހުރުމާއެކު، ލަސްވަނީ ކަމަށް. ނަމަވެސް މާދަން މާދަން ކިޔާ ލަސްވެގެން ދާތީ އެކަމާ ރައްޔިތުން ނުހަނު ކަންބޮޑުވޭ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

"އެ ހުރިހާ ދަތިތަކެއް ހުރި ނަމަވެސް އެ ރަށަކީ މިހާރު ތަފާތު ރަށެވެ. ރާއްޖޭގެ ގިނަ ރަށްރަށާ ހިލާފަށް، ރަޖިސްޓްރީވެފައިވާ އާބަދީއަށްވުރެ އެ ރަށުގައި ދިރިއުޅެމުންދާ އާބާދީ ވަނީ ބޮޑުވެފަ އެވެ. މާލެ ކަހަލަ ގޮތަކަށް ދިގުރަށް ބަދަލުވެގެންދާއިރު އެކި ބޭނުންތަކުގަ އާއި ކަންކަމުގައި، އެރަށުގައި ދިރިއުޅެމުންދާ މީހުން އަންނަނީ އިތުރުވެ އާބާދީ ދަނީ ބޮޑުވަމުންނެވެ.

ދިގުރަށް އެ ދަނީ ހުރިހާ ގޮތަކުން ރާއްޖޭގެ އެކި ރަށްރަށް ނަމޫނާ ދައްކަމުންނެވެ. ދިގުރަށުން އަހަރެއްގެ މައްޗަށް 15 މިލިއަން ރުފިޔާ ދައުލަތަށް ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ދެއްކި ނަމަވެސް ދިގުރަށަށް ސަރުކާރުން އެއްވެސް އަހައްމިއްޔަތު ކަމެއް ނުދޭކަމަށާއި، ސަރުކާރުގެ އަޅާލުން ކުޑަކަމަށް ބުނެ އެ ރަށު މީހުން ދަނީ ސަރުކާރުގައި އާދޭސް ކުރަމުންނެވެ. އެ މީހުން ތިބީ ދިގުރަށު ރައްޔިތުންގެ އާދޭސްތަކުގެ އަޑު ސަރުކާރަށް އިވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

24%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް