ads
ކޮވިޑްގެ ސާމްޕަލް ނެގުމުގެ މަސައްކަތުގައި ސިއްހީ މަސައްކަތްތެރިން
ކޮވިޑް 19: ޑޮކްޓަރުންގެ އާދޭހާއި، ސިޔާސީ ނިންމުންތައް!
ކޮވިޑް ބަލީގައި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭ ރާއްޖެއިން ވަނީ 9 މީހުން މަރުވެފައެވެ. އިއްޔެ އެކަނިވެސް 2813 މީހުން ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. ދުވަހުން ދުވަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދަު ދަނީ މައްޗަށެވެ.

މުޅި ދުނިޔޭގައިވެސް ވަބާއަކަށް ވެފައިވާ މި ސިއްހީ ނުރައްކަލަކީ އަދި މިހާތަނަށް، ނިމުން ވަކި ތާރީހަކަށް ކަނޑައެޅޭ ވަރުގެ ކަމެއް ނޫނެވެ. ބަލީގެ ނުރައްކާ ބޮޑުވެ، އެކި ގައުމުތަކުން އެކި ފިޔަވަޅު އަޅަމުންދިޔަ އިރުވެސް ކޮވިޑްބައްޔާ ޖެހި އަރައިގަންނާނެ ގޮތެއް ނުފެނުނެވެ. ހަމަ އެންމެންހެން ޖެހުނީ މައިތިރި ވާށެވެ. އެހެންނަމަވެސް ރާއްޖެއިން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. 

މި ވައިރަހަށް އެކަށީގެންވާ އަދި އެކަށީގެން ނުވާ އިޖާބަތަކަކީ ކޮބައިތޯ މީހުން އަލުން ވިސްނަމުން ދިއުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވެއެވެ. އެހެންނަމަވެސް އެ މީހުންނަށް އިގްތިސޯދީ، އިޖުތިމާއީ ގެއްލުންތައް ލިބެމުންދަނީ ފޫބައްދަން އުނދަގޫ މިންވަރަށެވެ. އަދި ސިއްހީ ހަރަދުތައް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން އެކަހެރި ކުރުން ވެގެން ދިޔައީ ޖަލު އަދަބެއްފަދަ ކަމަކަށެވެ. 

މި ބަލީގައި ރާއްޖެ މިވަނީ ދެ އަހަރެއްހާ ދުވަސް ހޭދަ ކޮށްފައެވެ. ރާއްޖެއަށް މި ބަލި އައުމާއެކު ފިޔަވަޅުތައް ހަރުކަށި ކުރިއެވެ. ކާފިއު ހިންގިއެވެ. މާސްކް އެޅުން މަޖުބޫރު ވެގެން ދިޔައެވެ. ސެނިޓައިޒާ ބޭނުން ކުރުން ވެސް މަޖު ބޫރު ކަމަކަށް ވިއެވެ. ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ގޭގައި ބަންދުވާން ޖެހެއެވެ. އަދިވެސް އެކަން އޮތީ އެހެންނެވެ. 

އެހެންނަމަވެސް ތަފާތީ އެންމެ ކަމެކެވެ. ސިޔާސީ ހަރަކާތަތެރިންނާއި، އެފަދަ ހަރަކާތްތަކެވެ. މުޒާހަރާ އެއް ކުރަން ނުކުންނަން ވެއްޖެ ނަމަ ހަމަ ނުކުންނަން ވީއެވެ. އެއީ ސިޔާސީ މީހުންގެ ނިންމުމެވެ. ނުކުންނަނީވެސް ގައުމަށްޓަކައި، ގައުމުގެ މުސްތަގްބަލަށްޓަކައި ކަމަށް ބުނެއެވެ. ހިންގާފައި އޮންނަ ކާފިއު އަކަށް އެހެން ކަމަކަށް ބެލުމެއް ނެތެވެ. 

your imageކޮމަންޑޫގެ ފުޓްބޯޅަދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވި ރަސްމިއްޔާތުކައި މިނިސްޓަރު މަހުލޫފު ވާހަކަ ދައްކަވަނީ: ފޮޓޯ އެމްޓީސީސީ

މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިނގަނީ އެކި އުސޫލެވެ. ބައެއްރަށްރަށް ހުރީ ވަކި ގަޑިތަކެއްގައި ބޭރަށް ނުކުތުން މަނާ ކޮށްފައެވެ. އެންމެ ކާރޫބާރޫ ބޮޑު މާލެ އޮތީ ދޫކޮށްލެވިފައެވެ. މީހުން ތަންތަނަށް އެއްނުވާން ވަނީ ބުނެފައެވެ. 

ދާދިފަހުން ބޭއްވި ނައިޓްމާކެޓަށް ހަދަންވީ ގޮތް ނޭނގިގެން އުޅުނު މަންޒަރުވެސް ފެނުނެވެ. އެއްފަހަރު ހުއްދަ ދީފާނެއެވެ. އަނެއްކާ ހުއްދަ ބާތިލް ކޮށްފާނެވެ. އަނެއްކާވެސް ހުއްދަ ދީފާނެއެވެ. މޮޅުކަމަކީ ނައިޓްމާކެޓް ބަންދު ކުރުމާއެކު ހަމަ އެސަރަހައްދަށް ބޯޑުތައް ހިފައިގެން އެއްވުމެވެ. 

އޭގެ އަނެއް ކޮޅެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. ދަތުރުފަތުރު ކުރުމާއި، ރަށްރަށް ސިޔާސީ ފަރާތްތައް ދިއުމުގައި މާ ބޮޑު އުނދަގޫތަކެއް ހުރިހެން ހިއެއް ނުވެއެވެ. އެހެންނަމަވެސް އެހެންރަށަށް ބައެއް މީހުން ދަތުރު ކުރުމާއި، ރަށްރަށަށް އެރުންފަދަކަންކަން އުނދަގުލެވެ. ރަށްރަށުގައި އެކި ކަހަލަ މައްސަލަތައްވެސް ދަނީ ޖެހެމުންނެވެ. 

ދާދިފަހުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ށ. ފުނަދޫއަށް ވަޑައިގެންނެވިއެވެ. މޮނިޓަރިން ގައި އޮއްވައެވެ. ކައުންސިލަށްވެސް ނޭނގި އެވެ. އެކަމާ އެރަށު ކައުންސިލުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. އެރަށުން ނެރުނީ ބަޔާނެވެ. ބުނީ މަހުލޫފް ވަޑައިގެންނެވީ ރަށް ފަސާދަ ކޮށްފައި ކަމަށެވެ. މަހުލޫފް ދައްކަވަނީ މުޅިން އެހެންވާ ހަކައެކެވެ. ކައުންސިލަރުން އެއްބާރު ލުން ނުދެއްވި ވާހަކައެވެ. އެހެންވާނަމަ ތައްރައްގީ މަޑު ޖެހޭނެ ވާހަކައެވެ. 

ކޮވިޑަ ގުޅިގެން ޑޮކްޓަރުން ދަނީ އިރުޝާދުތައް ދެމުންނެވެ. އާދޭސް ކުރަމުންނެވެ. ކަންކަން ބަހައްޓަންވީ ގޮތް ކިޔައިދެމުންނެވެ. އަދި އަނެއްކާވެސް ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ވެސް ބުނަމުންނެވެ. އެހެންނަމަވެސް ފެންނަމަންޒަރު ތަފާތެވެ. ޑޮކްޓަރުްނނަށް އޮތީ ލަފާ ދިނުމެވެ. ސިޔާސީ ފަރާތްތަކުން ކަންކުރަނީ ކުރާނެ ގޮތަކަށެވެ. 

your imageކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ކޭއާރުއެޗު

ކޮންމެ އަތޮޅަކަށް ލޯންޗެއް ގަންނަން އެއޮތީ ނިންމާފައެވެ. ބޮޑުހަރަދެކެވެ. ގިނަ ގައުމުތަކުން ބަލަނީ ހަރަދުތައް ވީހާ ކުޑަ ކުރުމަށެވެ. ކޮވިޑްގެ ނިމުމުގެ މުއްދަތެއް އެނގިފައިނުވާތީއެވެ. ސައިންސްވެރިންނަށްވެސް ނޭނގޭތީއެވެ. އެހެންނަމަވެސް ދިވެހި ދައުލަތް ފެންނަނީ އެހެން ގޮތަކަށެވެ. ކޮވިޑުގެ ފުރަތަމަ ރާޅާއެކު ގެއްލުނު ވެންޓިލޭޓަރުތައްވެސް ވީ ހިސާބެއް މިހާރަކު ނޭނގެއެވެ. މިނޫންވެސް ކޮވިޑާ ގުޅުންހުރި އެކި ދިމަދިމާލުން ކޮރަޕްޝަނުގެ އެތައް އަމަލެއް ދަނީ ހިންގަމުންނެވެ. ސިއްރާއި ފާޅުގައެވެ. ބިރެއް ސިހުމެއް ނެތެވެ. 

ދުވަހެއް ދުވަހަކަށް ކޮވިޑްގެ އަދަދުތައް އިތުރުވަމުންދާއިރު އޭގެ އަދަބުގައި ތިބެން ޖެހެނީ އާދައިގެ މީހުންނެވެ. ސިޔާސީ ފަރާތްތަކުން ދަނީ އެބަޔަކު އެވަގުތަކު އަޅަން ބޭނުންވާ ފިޔަވަޅެއް އަޅަމުންނެވެ. ގާތްގަނޑަކަށް ދެއަހަރުގެ ވޭނެއް ގިނަބަޔަކު ތަހައްމަލު ކޮށްފައިވާއިރު މިކަމުގެ ނިމުން އޮތީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޑޮކްޓަރުންނާއި ސިއްހީ ފަރާތްތަކުގެ ނިންމުންތަކަށް ބޯލަނބަން ޖެހެނީ އެއްބަޔަކު ތޯއެވެ. ސިޔާސީ އިސް ފަރާތްތަކަށް ނުޖެހޭ ބައްޔަކީ ހެއްޔެވެ؟ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް