ads
އަލްކަހޯލް ފްރީ މިންޓް ޖޫސް
މިންޓް ޖޫސް: ސިއްހަތަށް ފައިދާ ހުރި ބުއިމެއް
މިންޓް ޖޫހަކީ ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ. މިޖޫހަކީ ބޯލުމުން ހިތާއި ސިކުޑި އަދި މީހާ އެއްކޮށް ތާޒާކޮށްދޭ ޖޫހެކެވެ. މި ޖޫހަށް އަޅާ މިންޓް ފަތުގެ ސަބަބުން މީގެ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ ސިއްހަތަށް ފައިދާ ތަކެއް ލިބިގެން ދެއެވެ.
Advertisement

ޖޫސް ތައްޔާރުކޮށްލުމަށް:

4/1 ޖޯޑު ފެން

4/1 ޖޯޑު ދޯބުރާލި ހަކުރު

1 ޓޭބަލް ސްޕޫން ޗޮޕްޑް ފްރެޝް މިންޓް ލީފް

1 ކަޕް ކްރަޝްޑް އައިސް

ލުބޯއެއްގެ އެއްބައި ފެލާފައި

ޖޫސް ތައްޔާރު ކުރާނެ ގޮތް:

ހެޔޮވަރު ސައިޒެއްގެ ޖޯޑަކަށް ފެން އެޅުމަށް ފަހު ހަކުރު ކޮޅު އަޅާށެވެ. އެއަށްފަަހު ފެލާފައި ހުރި ލުބޯ ހުތް ކޮޅު ވެސް އެއަށް އަޅާށެވެ. ދެން ކްރަޝް ކޮށްފައި ހުރި އައިސް އެޅުމަށްފަހު، ޗޮޕް ކޮށްފައިހުރި މިންޓް ލީފް އެއަށް އަޅާށެވެ.

މިހާރު މިހިރީ މިންޓް ޖޫސް ތައްޔާރުކޮށް ނިމިފައެވެ. ނިކަން މެންދުރު ހޫނުގަދަ ގަނޑީގައި މެއަށް ވާގޮތެއް ބަލަން މީގެ ޖޫސް ތައްޓެއް ހަދާ ބޯލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް