ads
ޕޮޓޯ/ގޫގްލް
5 އަހަރު ވަންދެން ކުއްޖަކު ރޭޕު ކުރަމުންދިޔައިރު އަނބިމީހާ ހުރީ ބަލަން!
ސުމާ އަކީ އުމުރުން މިއަދު 25 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ ކުޑައިރު މަންމަ މަރުވެ ބަލަމުން އައި ބައެއްގެ ފަރާތުން ލިބެމުން އައި ޖިންސީ އަނިޔާ އިން އަރައިގަތުމަށް އެދި އެދި އެތައް އަހަރެއް ފާއިތުވެ ދިޔައެވެ. އެ ހިތްދަތި ކަަމަށް ނިމުމެއް ލިބިގެން ދިޔައީ ދިމާވި އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދިޔަ ފިރިހެނެއްގެ ސަބަބުން ކަމަށް ސުމާ ބުންޏެވެ.

ސުމާގެ އުމުރުން އެންމެ ފަސް މަހުގައި އޭނާގެ މަންމަ މަރުވެ، އުޅެ ބޮޑުވީ ދުރުތާ ތިމާގެ މީހެއްގެ ކައިރީގައެވެ. އޭރު ސުމާ ކިތަންމެ ކުޑަ ކަމުގައި ވިޔަސް މިއަދު ސުމާ ދަނީ އެއާއިލާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާއިން މުޅި ދިރިއުޅުން ބަރުބާދުވެ، އުމުރަށް ވޭން ތަހައްމަލު ކުރަމުންނެވެ.

މިވާހަކަތައް ސުމާ "ސީއެންއެމް" އަށް ކިޔައިދެމުން ބުނީ ފުރަތަމަ ވެސް މިވާހަކަ ދައްކަން ސުމާއަށް އުނދަގޫ ކަމަށާއި، މިއީ ސުމާގެ ހަޔާތުގައި ދިމާވި އެންމެ އަނދިރި ދުވަސްތަކުގެ ވާހަކަ ކަމަށެވެ. 

"އެމީހުން ސުމާ ދެކެ ލޯބިވި. އަޅާވެސް ލި ހިތްފުރެންދެން އެއްޗެހި ވެސް ހޯދައިދިން. ނަމަވެސް އެ ދުވަސްތައް ބަދަލުވެގެން އައީ ކުޑަ ހިނދުކޮޅަކަށް"

މިހާހިސާބަށް ބުނުމަށް ފަހު ސުމާ އެ ދިރިއުޅުމުގެ އަސްލު ވަހަކަ އައިގެން ކުރިއަށް ދިޔައެވެ. ސުމާ ބުނާގޮތުން ސުމާ ކިރިޔާ ހަނދާން ހުންނަން ފެށީންސުރެ ބައްޕަގެ ގޮތުގައި ބަލަމުންދިޔަ އަހުމަދުބޭ ސުމާ ދެކެ ވަރަށް ލޯބިވެ އެވެ. އަބަދުވެސް ސުމާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. ގޭ އެހެން ކުދިންނަށް ވުރެ މާ ގިނަ އެއްޗެހި ސުމާއަށް ހޯދައިދެ އެވެ.

އަދި ކުރާ ހުރިހާ ކަމެއްގައިވެސް ސުމާ އަކީ އަހުމަދުބޭގެ ބެސްޓީ އެވެ. އެކަމާ ސުމާ ހުންނަނީ ފޮނިވެފައި ކަމަށާއި، ސުމާގެ މަންމަ އާއި ބައްޕަ ނެތްކަމުގެ އެއްވެސް އިހުސާސެއް ނުކުރެވޭ ކަމަށް ސުމާ ބުންޏެވެ.

ސުމާ ފުރާ ފުރިހަމަވެ، އުމުރުން 12 އަހަރުވެ،  އަންހެންހެން ކުއްޖަކު ބޮޑުވެ، ވާން ޖެހޭ ހުރިހާ ކަމެއް ވެސް ވީ ފަހުން، އެއް ރޭ ދަންވަރު ސުމާ ނިދާފައި އޮއްވާ، ސުމާ ބުނިގޮތުގައި ކުއްލިއަކަށް ސުމާ އަށް ހޭލެވުނީ މީހެއްގެ ހޫނު އިހުސާސް ވެގެންނެވެ.

ސުމާ ގައިމަތީ އޮތީ އޭނާ ބަލާ ބޮޑުކުރާ ބޭބެ އަހުމަދުބެ އެވެ. އެ ކުރަނީ ކޮންކަމެއް ކަމެއް އޭރު ނޭނގުނަސް ސުމާގެ ހަށިގަނޑުގެ ބޭނުން އަހުމަދުބެ ހިފަމުންދިޔަ އެވެ. 

އަހުމަދުބޭ އެކަމެއް ސުމާއަށް ކުރީ އެންމެ ރެ އަކު ނޫން ކަމަށާއި، އެތައް ރެއަކު އެކި ގޮތްގޮތަށް ސުމާގެ ކިބައިން އަހުމަދުބެ އެކަމެއް ހާސިލު ކުރި އިރު، އަހުމަދުބޭގެ އަންހެނުން ނައިމާ އަށް ހުރިހާ ކަމެއް ވެސް އެނގޭ ކަމަށް ސުމާ ބުންޏެވެ. އަހުމަދުބެ އަކީ ނުލަފާ މީހެއްކަމުން ނައިމާ ހުންނަނީ އޭނާ ވަރިކޮށްފާނެ ކަމަށް ބިރުންނެވެ. ނައިމާ އަށް އެކަންތައް އެނގުނަސް އެހެންވެ އެކަންތައްތައް ނައިމާ ދިޔައީ ސިއްރު ކުރަމުންނެވެ.

އެ އަނދިރިކަމުގައި އޭނާގެ އަންބެއް ފަދައިން ސުމާގެ އުމުރުން 17 އަހަރު ވަންދެން އޭނާ ގެންގުޅުނުކަމަށް ސުމާ ބުންޏެވެ. ސުމާގެ މިހިތްދަތި އަދި ލަދުވެތި މާޒީ އަށް ފިނި ކަމެއް އަންނާނެ ކަމަކަށް ފަހަރެއްގަ ވެސް ސުމާ ހިތަކަށް ނާރަ އެވެ.  

ސަލާމަތްވާން ނުކުންނާނީ ކޮންދިމާލަކުން ކަން ނޭނގި ކަށިކުބުރު ޖަންގައްޔެއް ފަދަ މާހައުލެއްގައި ހޭދަވެގެން ދިޔަ ދުވަސްތަކަކީ އެންމެންގެ މަލާމާތާއި ފުރައްސާރައިން ހަށިގަނޑު ވީރާނާ ކުރަން ޖެހި ލަދުވެތި ސާލެއް މުޅި އުމަރަށް އަޅަން ޖެހުނު ހާދިސާ އެވެ.

އަހުމަދުބެގެ ދަރިއަކަށް ބަނޑު ބޮޑުވެ، ސުމާ ގުނަމުން ދިޔަ ދުވަސް ތަކުގައި، ވޭތުކުރަމުން ދިޔަ ހިތްދަތި ކަމުން އަރައި ގަނެވޭތޯ ސުމާ ކުރި ދުއާ ދާދި އަވަހަށް އިޖާބަ ވެގެން ދިޔަކަމަށް ސުމާ ބުންޏެވެ. އުމުރުގެ ތަފާތު ބޮޑު ފިރިހެނެއް ސުމާގެ ހަޔާތަށް އައިކަމަށް ސުމާ ބުންޏެވެ. 

ހާލަތުގެ ގޮތުން ސުމާ އަށް މަޖުބޫރުވީ ޅަހުއްތު އާ ކައިވެނި ކުރާށެވެ. މިއަދު ސުމާ އެއީ ޅަހުއްތުގެ އަނބިމީހާ އެވެ. ސުމާ ބޭނުން ވީ އެ އަނިޔާ ވެރިޔާގެ ކިބައިން މިންޖު ވާށެވެ. މިއަދު ކިތަންމެ އުމުރުން ބޮޑު މީހަކާއި ކައިވެނި ކޮށްގެން ސުމާ އުޅުނަސް ސުމާ ބޭނުންވީ މާޒީ އިޔާދަ ނުވުމަށެވެ. ޅަހުއްތު ސުމާއަށް އަޅާލައެވެ. އަދި އުމުރުގެ ކިތަންމެ ބޮޑު ފަރަގު ހުއްޓަސް އޯގާތެރިކަމާއެކު އަޅާ ލައެވެ. ސުމާ އާއި ޅަހުއްތުގެ ކައިވެނި ކިތަންމެހާ ވެސް އުފާވެރި އެވެ.

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ. 

16%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
37%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް