
ސައުދީ ގެޒެޓްގައި ބުނެފައި ވާގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އުމުރުން 18 އަހަރުން ފެށިގެން މަތީ އުމުރު މީހުންގެ ވެކްސިން ފުރިހަމަކަމަށް ދައްކާނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ އަށް މަސް ނުވާ ނަމަ އެވެ. އަދި އެ މުއްދަތު ފަހަނަ އަޅާ ގޮސްފައި ވާނަމަ ބޫސްޓާ ޑޯޒު ފުރިހަމަކޮށްފައި ހުންނަން ޖެހޭނެ އެވެ.
އަދި އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށް އެ ގައުމުގައި ބާއްވާ އެއްވެސް ހަރަކާތަކަށް ވެސް އެގައުމުގެ އެއްވެސް ޕަބްލިކް ހިދުމަތެއް ބޭނުން ކުރެވޭނީ ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބަލައި މި އާ މިންގަނޑުގެ ދަށުން ތިން ޑޯޒް ފުރިހަމަ ކޮށްފައިވާނަމައެވެ.
މީގެ އިތުރުން މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނީ ވެސް އެއް ޑޯޒު ޖެހުމަށް ފަހު 14 ދުވަސްވެފައިވާ ފަރާތްތަކާއި، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ ފަރާތްތަކާއި އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ ފަރާތްތަކަށެވެ.
ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް، ސައުދީގެ ހުރިހާ ރައްޔިތުން ނަގަން ޖެހޭނެކަމަށް ލާޒިމްކޮށްފައި ވީނަމަވެސް ބައެއް ސިއްހީ ހާލަތްތަކުގެ ސަބަބުން ވެކްސިން ޖެހުމުން މަހުރޫމްވެފައިވާ މީހުން އެ ނިންމުމުން އިސްތިސްތިސްވާނެއެވެ.