ads
ޑރ. ނިޔާފް ލޭ ހަދިޔާ ކުރައްވަނީ
ކޮވިޑް ހާލަތު ގޯސްވެ ލޭ ލިބުން ދަތިވެގެން، ލޭ ހަދިޔާ ކޮށްދޭން އެދިއްޖެ
ކޮވިޑް-19ގެ ހާލަތު ބޮޑު ގޯސްވެ ލޭ ހޯދަން ދަތިވެފައިވާތީ ހަދިޔާކޮށް ދިނުމަށް އާންމުންގެ ކިބައިން މޯލްޑިވްސް ބްލަޑް ސާވިސްއިން އެދެފި އެވެ.

ބަލަޑް ސާވިސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި، ލޭ ހޯދުމަށް ދަތިވެފައިވާ ކަމަށާއި އެހެންކަމުން ވީހާ ގިނަ ބަޔަކު ލޭ ހަދިޔާކޮށް ދިނުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި ލޭ އަޅާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. އަދި ބޮޑެތި ބަލިތަކުގައި ވެސް ރާއްޖޭގައި ލޭ އަޅާ މީހުން ތިބި އިރު، ކޮވިޑްގެ ސަބަބަުން ލޭ ހޯދުމަށް ވަނީ ގޮންޖެހުމަކާއި ކުރިމަތި ވެފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ ލޭ ދެވޭނެ މުއްދަތެއް ކަމަށް ސިއްހީ މާހިރުން ކަނޑައެޅިފައިވަނީ ބަލި ރަނގަޅުވާތާ އެއްމަސް ދުވަސް ފަހުން ނެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ ކުރިމަތިވެ، ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދަތިތައް ކުރިމަތިވެ ތެލެސީމިއާ ސެންޓަރުން މީގެ ކުރިން ވެސް ވަނީ އާންމުންގެ އެހީއަށް އެދިފައެވެ. އޭރު ވެސް އެތައް ބަޔަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލޮޑް ސާވިސަސްއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް