ads
ނަޑާލް
އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ރަފެއަލް ނަޑާލްއަށް
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިންގެ ރަފެއަލް ނަޑާލް ހޯދައިފިއެވެ.

ނަޑާލް ޗެމްޕިއަންކަން ހޯދީ އާދިއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ރަޝިއާގެ ޑެނިއަލް މެޑްވޭވް ބަލިކޮށްގެނެވެ.

މިއީ ނަޑާލްގެ އެކާވީސްވަނަ ގްރޭންޑް ސްލޭމްއެވެ. އެއާއި އެކު ނަޑާލްވަނީ އެކާވީސް ގްރޭންޑް ސްލޭމް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ނަޑާލް އެކާވީސްވަނަ ގްރޭންޑް ސްލޭމް ހޯދިއިރު، މީގެ ކުރިން އެ އެވޯޑާ ގާތުގައި ނަޑާލްއާ އެކު ތިބީ ރޮޖާ ފެޑެރާއާ ނޮވަކް ޖޮކޮވިޗްއެވެ. މިއިން އެއްވެސް ކުޅުންތެރިއެއް މި މުބާރާތުގައި ނުކުޅެއެވެ. އަނިޔާގެ ސަބަބުން ފެޑެރާ ނުކުޅޭއިރު ޖޮކޮވިޗަށް ދިމާވީ ވިސާގެ މައްސަލައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް