
ދިވެހި ދައުލަތުގެ ޕްރޮކިއުމަންޓްގެ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީގެ ދަށުން އުފައްދަވާފައިވާ ޓެންޑާ ބޯޑުގެ ޗެއާޕާސަންގެ މަގާމު އަލީ އަޝްރަފް އަށް ބޯޑުގެ ޗެއާގެ މަގާމު ދެއްވާފައިވަނީ، ފިނޭންސް މިނިސްޓަރު އަހުމަދު އަމީރުއެވެ.
މިކަމާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެއްވި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، އަޝްރަފް އަށް މަގާމު ހަވާލު ކުރައްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި އެކަން ކުރެއްވުމަށް މިނިސްޓަރު އަމީރަށް ލަފާ ދެއްވި ނަމަވެސް އެމަގާމު އަޝްރަފް އަށް ދެއްވުމުގެ ސަބަބުން ބޯޑުގެ ބައެއް މެމްބަރުންވެސް ހިތް ހަމަނުޖެހުން ފާޅު ކުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ބޯޑުގައި އަލީ އަޝްރަފްގެ އިތުރުން ހަ މެމްބަރުން ތިއްބަވައެވެ. އެއީ،
- އަލީ އިރުފާން،
- އުބައިދުﷲ އަލީ،
- އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު،
- މުހައްމަދު ޖިނާން ސައީދު،
- މުމްތާޒު އަބްދުއް ރަޝީދު
- އައިމިނަތު ޝީރީން އެވެ.
އޭސީސީގެ މެމްބަރުން އެބޭފުޅުންގެ ޒިންމާ އަދާ ނުކުރާކަމަށް ބުނެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށައެޅުއްވުމުން، އޭސީސީގެ ހުރިހާ މެމްބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަޝަރަފް އަލީ މީގެ ކުރިން ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ އެންމެ އެދެވޭ ވަރަށް މަސައްކަތަށް ވަގުތު ދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.