ads
ފިނޭންސް މިނިސްޓްރީ---
ސަރުކާރު ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ!
ސަރުކާރުގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ޖަމާ ވެފައި ނުވާކަމަށް އެ މުވައްޒަފުން ބުނެފިއެވެ.
Advertisement

ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ސީއެންއެމް އަށް މައުލޫމާތު ދިން މުވައްޒަފަކު ބުނީ، މިދިޔަ މަހުގެ މުސާރަ އަދިވެސް ޖަމާ ވެފައި ނުވާކަމަށާއި، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މުސާރަ ޝީޓު ވެސް އަދި ފޮނުވާފައި ނުވާކަމަށެވެ. 

މީގެ އިތުރުން މިދިޔަ މަހުގެ މުސާރަ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، އެޗްޕީއޭގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ވެސް އަދި ޖަމާ ވެފައި ނުވާކަމަށްވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާއި، އެޗްޕީއޭގެ މުވައްޒަފުންގެ އިތުރުން އައިޖީއެމްއެޗްގެ މުވައްޒަފުންގެ މުސާރަ އަދިވެސް ޖަމާ ކުރެވިފައި ނުވާކަމަށާއި، ސަބަބަކީ އެ އިދާރާތަކުން ހުށައަޅަންޖެހޭ ޝީޓް ތައް ހުށައަޅާފައި ނުވާތީ ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ހެލްތު މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ޝީޓް ލިބިފައި ވާކަމަށާއި، ދެން ހުރި ތަންތަނުގެ ޝީޓް ވެސް މިއަދު ލިބި، އެ މުވައްޒަފުންނަށް މިއަދު މުސާރަ ޖަމާ ކުރެވިގެން ދާނެ ކަމަށެވެ. އަދި ޝީޓްތައް ފޮނުވުމުގައި ލަސްތަކެއް ވީ ބައެއް އިދާރީ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވުމުން ކަމަށް އެއިދާރާތަކުން އަންގާފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. 

ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ވެސް މި މަހު ލަސްވި އެވެ. ނަމަވެސް ފުލުހުންގެ މުސާރަ އިއްޔެ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ސިވިލް ސާވިސް ގާނޫނު ބުނާ ގޮތުން ކޮންމެ މަހެއްގެ ވެސް އެއްވަނަ ދުވަހުގެ ކުރިން ކުރީ މަހުގެ މުސާރަ ސިވިލް ސާވެންޓުންނަށް ޖަމާ ކޮށްދޭން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް