ads
އެފްއޭއެމް
ޕްރިމިއާ ލީގަށް 10 ޓީމް އިތުރު ކުރީ އަސާސީ ގަވާއިދާ ހިލާފަށް: ހާމިދު
ރާއްޖޭގެ މުޅި ފުޓުބޯޅަ ނިޒާމް މިވަގުތު މިއޮތީ ރޫޅިފައިކަމަށާއި 8 ކްލަބުން 10 ކްލަބަށް، ޕްރެމިއަ ލީގްގެ ޓީމް އަދަދު އިތުރު ކުރުމަކީ އަސާސީ ގަވާއިދާ ހިލާފަށް ކުރާކަމެއްކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާމިދް އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ފުޓްބޯޅަ މިހާރު ގޮސްފައި އޮތް މިސްރާބާއި އަދި މިހާރު އޮތް ހާލަތު ވަރަށް ތަފްސީލުކޮށް ހާމަކޮށްދީ "ސީއެންއެމް" އަށް ހާމިދު ލިޔުއްވި ރިޕޯޓެއްގައި ވިދާޅުވީ ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެމްއޭއެމް ގައި ކުލަބަކާއި މެދު ފިޔަވަޅެއްވެސް އަޅާނެހާ ސާބިތުކަން ވެސް ނެތިގޮސް މުޅި ފުޓުބޯޅަ ނިޒާމް މިވަގުތު މިއޮތީ ރޫޅިފައިކަމަށާއި، އަދި 8 ކްލަބުން 10 ކްލަބަށް، ޕްރެމިއަ ލީގްގެ ޓީމް އަދަދު އިތުރު ކުރުމަކީ އަސާސީ ގަވާއިދާ ހިލާފަށް ކުރާކަމެއްކަމަށެވެ.

ހާމިދު ވިދާޅުވީ އެފްއޭއެމް ފޭލްވެގެން ފީފާ އިން އުފައްދަން ޖެހުނު ނޯމަލައިޒޭޝަން ކޮމިޓީގެ ވާޖިބަކީ އަސާސީ ގަވާއިދާއެއްގޮތަށް ލީގް ފެށުން ކަމަށާއި މިހާރު ވެސް މިއޮތީ ސީޒަނެއް ގެއްލިފައިކަމަށެވެ. އަދި ލީގް ނުކުޅެ ސީޒަނެއް ގެއްލުމަކީ ކުޅެން ތިބި ކްލަބްތަކަށާއި އަރަމުން އަންނަ ޖީލްތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުން ވާނެކަމެއްކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

"އެފްއޭއެމް ފޭލްވެގެން ފީފާ އިން އުފައްދަން ޖެހުނު ނޯމަލައިޒޭޝަން ކޮމިޓީގެ ވާޖިބަކީ އަސާސީ ގަވާއިދާއެއްގޮތަށް ލީގް ފެށުމެވެ. މިހާރު ވެސް މިއޮތީ ސީޒަނެއް ގެއްލިފައި އެވެ. ލީގް ނުކުޅެ ސީޒަނެއް ގެއްލުމަކީ ކުޅެން ތިބި ކްލަބްތަކަށާއި އަރަމުން އަންނަ ޖީލްތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުން ވާނެކަމެކެވެ." ހާމިދު ފާހަހަގަކުއްވި އެވެ.

އެހެން ކަމުން ނޯމަލައިޒޭޝަން ކޮމިޓީން ލަސްނުކޮށް ލީގް ފަށަން އިއުލާނު ކުރުމަކީ އެންމެ ހެޔޮގޮތްކަމަށް ވާނެ ކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާގެ ވިސްނުން ހުރީ މިމަގަށް ކަމަށް ވެސް މަސްދަރުތަކުން ބުނާކަމަށް ހާމިދު ވިދަޅުވި އެވެ.

ހާމިދް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު ފެށޭނެ ދެ ގޮތެއް އެބައޮތްކަމަށާއި އެއްގޮތަކީ ކުރިއެކޭ އެއްގޮތަށް މާލޭގައި ލީގް ކުޅުންކަމަށެވެ. އަދި ދެ ވަނަ ގޮތަކީ، މުޅި ރާއްޖެއަށް ލީގް ހުޅުވާލުމެވެ.

"ދިވެހި ޕްރިމިއާ ލީގު ފެށޭނެ ދެ ގޮތެއް އެބައޮތެވެ. އެއްގޮތަކީ ކުރިއެކޭ އެއްގޮތަށް މާލޭގައި ލީގް ކުޅުމެވެ. ދެ ވަނަ ގޮތަކީ، މުޅި ރާއްޖެއަށް ލީގް ހުޅުވާލުމެވެ." ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ މަގާމު އަދާކުރެއްވި ހާމިދު ލިޔުއްވާފައިވެ އެވެ.

މާލޭގައި ލީގް ކުޅުމުގެ ތަޖްރިބާއިން މިހާރު ވެސް އެނގެން އޮތް ހަގީގަތަކީ ސަރުކާރުން ފައިސާ ދިނުމުން ވެސް، މާލޭ "އަވަށު" ކްލަބްތަކުގެ މެދުގައި ކުޅޭ ޕްރެމިއަ ލީގް ބަލާނެ މީހަކު ނުވުން ކަމަށާއި މިއީ ދެ ވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެއްކަމަށް ހާމިދު ވިދަޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް