ads
ސިހުރު ހެދުމަށް ބޭނުން ކުރާ އާލާތެއް
ކްލާސް މޭޓެއްގެ އަނިޔާވެރިކަމުން ސަލާމަތްނުވި ޒުވާނެއްގެ ވާހަކަ!
ވޭނަކަށް ފަހު ވޭނަކުން ހަށިގަނޑު ކުދިކުދި ކުރަމުން އަމްނާގެ ދިރިއުޅުން ވީރާނާ ވެގެން ދިޔަގޮތް ގިނަ ބަޔަކަށް ނޭނގުނު ކަމުގަ ވިޔަސް އަމްނާގެ ހިތް ވަނީ ތާ އަބަދަށް މިލާ މޯޅި ވެފައެވެ. ދުނިޔެ މަތިން ފޫހިވެ އުއްމީދު ގެއްލި ފައެވެ. އެތައް ބައެއްގެ އަނިޔާ ވެރިކަމާއި ކަރުނައިން އުއްމީދުތައް ހަފުސް ވެފައެވެ.

އަމްނާ ބޮޑުވަމުން އައީ މައިންބަފައިންގެ ލޯތްބާއި އަޅާލުން އިންތިހާއަށް ލިބިގެން ނެވެ. ދެމެފިރިންގެ ހުރި ހަމައެކަނި ތުއްތު ބަބާއެއްގެ ގޮތުގައެވެ. 

މީރު ކާ ތަކެއްޗާއި ރީތި ހެދުން  އަމްނާ  އަށް  އަބަދުމެ ލިބެއެވެ.  އަމްނާ އަކީ ކިޔެވުމަށް މޮޅު ކުއްޖެކެވެ. ސުކޫލުން ގަދަވަނަތައް ހޯދަމުން  އެންމެންގެ ހިތްތައް ފަތަހަ ކުރަމުން  އަމްނާ އައީ  އުއްމީދުގެ ނަވުގެ މާލިމީ އެއްގެ ގޮތުގައެވެ.

ކިޔެވުމަކީ ބައެއް މީހުން ހަސަދަވެރިވާ ކަމެކެވެ. ނަމަވެސް ހަސަދަވެރިވެރި ވިޔަސް އެ ވެސް ވާން ވާނީ އެނެކާގެ ހިތަށް ކުޅަދާނަ މިންވަރަކަށް ކަމަށް އަމްނާ ބުންޏެވެ. 

މިއީ އަމްނާގެ ދިރިއުޅުން ވޭނީ ކަނޑަށް  އަރަގު ވެގެން ދިޔަ ގޮތް "ސީއެންއެމް" އަށް ކިޔައިދެން ފެށި ގޮތެވ.

ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި އެތަކެއް ކަންތައްތަކެއް ހިނގާނެވެ. އެގޮތުން އަމްނާގެ ކުރިމަގު ބަނަ ކޮށްލީ މީހުން މިއަދު  އުފަލުގައި ތިބި ތަން ލޮލުން ފެނުމުން ހިތަށް އަސަރު ކުރާކަމަށް  އަމްނާ ބުންޏެވެ. 

މިއަދު އަމްނާ ބޭނުން ވަނީ އެ ވީރާނާ ވެފައިވާ މާޒީން އަރައި ގަންނާށެވެ. ނަމަވެސް އަމްނާގެ ހިތްވަނީ ބަލިވެފައި ކަމަށާއި، ބޭނުން ވަނީ އެންމެންގެ އެހީތެރިކަމާއި ލޯބި ކަމަށް އަމްނާ ބުންޏެވެ. 

އަމްނާ ތައުލީމުގެ ކުރި މުރިމަގަށް ކުރަމުން  އައި އުއްމީދު ވެއްޔާއި މޮޑެވި، ދިޔައީ ސްކޫލް ތެރެއިން ދިމާވި ހިތި ތަޖުރިބާ ތަކެއްގެ ސަބަބުން ކަމަށް  އަމްނާ ބުންޏެވެ. 

ސްކޫލް، ދަރިވަރެއްގެ ފަރާތުން ލިބެމުން ދިޔަ އަނިޔާ އާއި ވޭނަށް ކެތްނުވެ އެތައް ދުވަހަކު، ރޮމުން ގެއަށް އަންނަން ޖެހުނު ކަމަށް އަމްނާ ބުންޏެވެ. 

އެ ކުއްޖާގެ ބުލީގެ ޝިކާރައަކަށްވެ، އަނިޔާވެރިކަން އިންތިހާއަށް ކުރިމަތި ވިޔަސް ތައުލީމަކީ މުހިންމު އެއްޗެއްކަން އަމްނާ ދަނެ އެވެ. 

އަމްނާ ބޭނުންވަނީ ކިޔަވައިގެން މޮޅު މީހަކަށް ވާށެވެ. ބަޔަކު ބޭކާރު ކުރި ނަމަވެސް ބޭކާރު ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ލިބިފައިވާ އަނިޔާ އާއީ ބަޔާން ކުރަން ދަތި އުނދަގޫ ހިތްދަތި ކަމުގެ ސަބަބުން ނަފްސު ވަނީ ވީރާނާ ވެފައި ކަމަށް އަމްނާ ބުންޏެވެ. 

އަމްނާ އަކީ އުމުރުން 22 އަހަރުގެ ޒުވާން  އަންހެން ކުއްޖެކެވެ. ތައުލީމަށް ކުރި ދަތުރު ވެއްޔާ މޮޑެވި، ހިރަފުހާ އެކުވެ ދިޔަ އެވެ.  އަނިޔާ ވެރިން ތިބީ އުފަލުން ނެވެ. މިއަދު  އެމީހުންނަށް މަދު އެއްވެސް އެއްވެސް އެއްޗެއް ނެތެވެ. 

ކޮންމެ ބަލިވުމަކުން ބަލިވާން ޖެހޭނީ އަމްނާ ނޫން ކަމަށް އޭނާ ގަބޫލު ކުރެއެވެ. ނަމަވެސް އަމްނާގެ ދިރިއުޅުމުގެ ދެ ވަނަ ހަރުފަތާއި ބައްދަލު ކުރީ ކިތަންމެހާ ވެސް އުފަލުން ނެވެ. 

ސުކޫލު ދައުރުގެ ހަނދާން ތަކާ ދުރުވެ ކައިވެނީގެ ފޮނިރަހަ ލިބިގަންނަން ބޭނުންވި ކަމަށް އަމްނާ ބުންޏެވެ. އެހެނަސް އެ އުފާވެރި ކަމަށް ވިހަލާން ބަޔަކު ރާވަމުން ދިޔަކަން އަމްނާއަށް އޭރު ނޭނގޭ ކަމަށާއި، ހުރިހާކަމެއް އެނގުނު އިރު ދިރިއުޅުން ބަރުބާދުވެ ވެއްޔާމޮޑެވި ދިޔައީ ކަމަށް އަމްނާ ބުންޏެވެ. 

އަމްނާގެ ހަޔާތަށް ގެންނަން ބޭނުންވި ބައިވެރިޔާ އަކީ އުމުރުގެ ފަރަގު ބޮޑު ނަމަވެސް އަމްނާ ހިތް އެދޭ ފަދަ ބައިވެރި އެއް ކަމަށް އަމްނާ ބުންޏެވެ. 

ނަމަވެސް ކައިވެނީގެ ހަޔާތާ ގުޅި ހޭދަވެގެން ދިޔަ ވަގުތު ތަކުގައި، ފިރިމީހާ އަށްޓަކާ އަހަރެން ވަގުތު ހޭދަކުރަމުން ދިޔައީ އުފާވެރި މަންޒިލަކަށް ވާސިލް ވުމުގެ އުއްމީދުގައި، ކުއްލިއަކަށް ޖެހުނު ބައްޔެއްގެ ސަބަބުން ފިރިމީހާގެ ލޯ އަނދިރި ވެ އަޑު އިވުމުން މަހުރޫމްވާން ފެށިއެވެ.

އެތައް ޑޮކްޓަރުންނަށް ދައްކާ އެތައް ފަރުވާއެއް ކުރެވުނެވެ. އެންމެ ފަހުން ރުގްޔާގެ މާހިރެއް ކަމަށްވާ ޖުނައިހު އަށް ދެއްކީ ކަމަށް އަމްނާ ބުންޏެވެ.

އަމްނާ ބުނީ އެހާ ހިސާބުން ބަލީގެ އަސްލު ފެނުނު ކަމަށެވެ. ގޭތެރެއިން ވަޅުލާފައި ހުރި ހިރިގާތަކާއި، ލިޔެފައި ހުރި މުށި، ތަށި، ފަދަ އެއްޗެހި ފެނުނުކަމަށް އަމްނާ ބުންޏެވެ. 

ނަމަވެސް އަމްނާ ބުނީ ގިނަ ދުވަސް ވުމުގެ ސަބަބުން އަމްޖަދު އެއްކޮށް ރަނގަޅު ނުވާނެ ކަމަކަށް ޖުނައިހު ބުނި ކަމަށެވެ. 

ޖުނައިހު ބުނި ކަމަށް އަމްނާ ބުނީ، އެ ދެ މީހުންގެ ދިރިއުޅުމަށް ވިހަލާފައި ވަނީ، އަމްނާގެ ކްލާސް މޭޓެއް ކަމަށާއި، އެ ދިރިއުޅުމަށް ދިމާވީ ސިހުރުގެ ބައްޔެއް ކަމަށެވެ. އެއީ އަމްނާ ނެތި ކޮށްލިމަށް ހަދާފައިވާ ސިހުރެއް ކަމަށްވެސް ޖުނައިހު ބުނީ ކަމަށް އަމްނާ ބުންޏެވެ. 

އޭގެ ހަ މަސް ދުވަސް ފަހުން އަނެއްކާ ވެސް އަމްނާ މާބޮޑަށް ބަލިވާން ފެށި ކަމަށާއި، އާދަޔާ ހިލާފަށް ފަލަވާން ފެށި ކަމަށް އަމްނާ ކިޔައިދިނެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަމްނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމެވެ. 

ސިހުރުވެރިއެއްގެ ސިހުރު އަމްނާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލީ އެތައް ވޭނަކާއި އެތައް ކެކުޅުމެއް އެ ފަކީރަށް ޖައްސާފައެވެ. ނަމަވެސް އަމްނާގެ ދުއާ އަކީ ސިހުރުވެރިންނަށް، ހެޔޮ ވިސްނުމެއް ދެއްވާ އެ ނުބައި އަމަލުން ސަލާމަތް ކުރެއްވުން ކަމަށް އަމްނާ ބުންޏެވެ. 

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް