ads
ފޮޓޯ: ސަން
އެސްޓީއޯއިން ޑިޖިޓަލް ބޭންކް ހިންގުމަށް ލައިސަންސް ނުދޭން ނިންމައިފި
އެސްޓީއޯގެ ޑިޖިޓަލް ބޭންކް ހިންގުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލައިސެންސް ނުދޭން ނިންމައިފި އެވެ.

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ލައިސެންސް ނުދޭން ނިންމީ ޓެކްނިކަލް އިވެލުއޭޝަން ޓީމުން ތައްޔާރު ކުރި ރިޕޯޓަށް ބުރަވެގެންކަމަށް ވެ އެވެ. ލައިސަންސް ނުދޭން ނިންމީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޯޑުންނެވެ.

އެމްއެމްއޭގެ އޮފިޝަލު ވިދާޅުވީ އެ ތަނުގެ ނިންމުން މިހާރު އެސްޓީއޯއަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެމްއެމްއޭގެ ނިންމުން ރަސްމީކޮށް އަދި މީޑިއާއަށް ހިއްސާއެއް ނުކުރެ އެވެ. ލައިްސަންސް ނުދޭން އެމްއެމްއޭއިން ނިންމި އިރު ލައިސަންސްއަށް އެދި އެސްޓީއޯއިން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

އެސްޓީއޯއަށް ލައިސަންސް ނުދޭން ނިންމި އިރު އެ ކުންފުނިން ވަނީ ޑިޖިޓަލް ބޭންކް ހިންގުމުގެ ހުރިހާ ތައްޔާރީއެއްވެފަ އެވެ. އެ ބޭންކަށް ކިޔާނެ ނަން ވެސް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރޭގެ ވަގުތެއްގައި ވަނީ ހާމަކޮށްފަ އެވެ. އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިޖިޓަލް ބޭންކިން ރާއްޖެއަށް ތައާރަފް ކުރުމުގެ ގޮތުން އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުވަން ނިންމާފައިވާ ބޭންކަން "އިވޯލްވް" ކިޔަން ނިންމާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް