ads
މަސް ދޯންޏެއް. ފޮޓޯ: ޒުވާން މަސްވެރިޔާ
ދޯނީގަ މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް ލުއި ލޯނު ދޫކުރަން މިއަހަރު ފަށާނެ: ރައީސް
މަސް ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް ލުއި ލޯން ދޫކުރަން މިއަހަރު ފަށާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް މަހުން ލިބޭ "އާމްދަނީގައި ހޫނުކަމެއް ހުންނަނީ ކިރާ މަހުގައި ފިނިކަމެއް ހުރެގެން" ކަަމަށެވެ. އެގޮތުން 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް މި އަހަރު ތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާ ކަމެއް ފަޅުވެގެން ދިޔަ އިރުވެސް  ފަޅުނުވެ އޮތީ ރާއްޖޭގެ ނޫ ފަޅުތަކާއި މަސް ކަނޑުތައް ކަމަށެވެ. އަދި މިދިޔަ އަހަރަކީ ފާއިތުވި 15 އަހަރު ތެރޭ އެންމެ ގިނައިން މިފްކޯއިން މަސް ކިރި އަހަރުކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މިއަހަރުގެ މާޗް މަހުން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު ބޮޑު ވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއަށް ފަހު މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގަށް ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް