ads
ރިޔާސީ ބަޔާނުގައި ރައީސް ވާހަކަދައްކަވަނީ
700 ކުދިންގެ ޖާގައިގެ ސްޓޫޑެންޓް ލޯން ހޯމަ ދުވަހު އިއުލާން ކުރާނެ: ރައީސް
އަންނަ ހޯމަ ދުވަހު 700 ޖާގައިގެ ސްޓޫޑެންޓް ލޯންތައް އިއުލާން ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާނުގައި އިއްވަމުން ރައީސް ވިދާޅުވީ ރާއްޖެެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ 1،500 އަށް ވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ދޫކުރެވިފައިވާ ކަމަށެވެ. އަދި މިހިނގާ 2022 ވަނަ އަހަރު މި ސްކީމްގެ ދަށުން 700 ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

"އެގޮތުން ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނި. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12،730 ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދާދެވިފައި. އިރު މީގެތެރެއިން 2،127 ދަރިވަރުން ޑިގްރީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2023 ނިޔަލަށް 5000 ވުރެ ގިނަކުދިން ހިލޭ ޑިގްރީ ހަދައިން ނިކުންނާނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު މިކުރާ މަސައްކަތަކީ މަތީތައުލީމާ އޮތް ގަނެ ވިއްކުމުގެ ވިޔަފާރި ބަންދުކުރުން ކަމުގައި ވިދާޅުވި އެވެ.

"މިހާރު މިކުރާކަމަކީ މަތީތައުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތތްވަރެއް ހުރި ކޮންމެ ދަރިއަކަށް ސަރުކާރުގެ އެހީގައި ހިލޭ ޑިގްރީއެއް ލިބޭނެ ގޮތް ހެދުން"

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާޖީލެއް ބިނާކުރުން ކަމުގަ އެވެ. އަދި މަތީ ތައުލީމުގެ ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން ކަމަށް ވެސް މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް