ads
ރައީސް ސޯލިހް
ގެދޮރުވެރި ލޯނު ސްކީމުން 42 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ
ގެދޮރުވެރި ކުރުުވުމަށް ދޫކުރަން ފަށާފައިވާ ގެދޮރުވެރި ލޯނު ސްކީމުން މިހާތަނަށް 42 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށް ހުށަހަޅާ ރިޔާސީ ބަޔާން މަޖިލީހަށް މިއަދު އިއްވަމުން ރައީސް ވިދާޅުވީ ގެދޮރުވެރި ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންގެންދާކަމަށާއި ގެދޮރުގެ ދަތިކަމަކީ ހުރިހާ ދިމާލަކަށް ވެސް އޮތް ބޮޑު މައްސަލައެއް ކަަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތެރެއަށް ހާއްސަކޮށްގެން އިއުލާނުކޮށްފައިވާ ގެދޮރުވެރި ލޯނު މިހާތަަށް 82 ފަރާތަކަށް ދޫކޮށްފައިވާ ކަމަށާއި އަތޮޅު ތެރޭގައި ތިބި ބޯހިޔާވަހިކަމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިވެދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވރިކުރުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ މުހިންމު ކަން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމާއި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2180 ގެދޮޮރުގެ މަސައްކަތް އެބަ ކުރިޔަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ 5000 ހައުސިން ޔުނިޓްގެ މަސައްކަތް ނިމި އިތުރު 2000 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށެނެކަމަށެވެ. މީގެ އިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް